logo
MPL

MPL

ޚަބަރު

ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅުނު 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އަޙުމަދު ރަމީޒު
20 ސެޕްޓެމްބަރު 2026 - 03:48
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް -- ފޮޓޯ: އަވަސް
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް -- ފޮޓޯ: އަވަސް

އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅުނު 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން ބުނީ ‏ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުކަމަށް ބުނެ އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދިއުމާ ގުޅިގެން ތޮއްޑޫއަށް އަމާޒުކޮށްގެން ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަންގައި ޖުމްލަ 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި 107 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަަށްވެސް ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން މި ސަރުކާރުގައި ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބިދޭސީންގެ މައްސަލަ އޮތީ ވަރަށް ބޮޑަށް ބޮއްސުންލައި ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް މިވެރިކަމުގައި ރާއްޖެއަށް މަސައްަތް ކުރަން އަންނަ ކޮންމެ ބިދޭސީއެއްގެ އަތުގެ 10 އިނގިލީގެ ފިންގަޕްރިންޓް ނަގައި ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލައި މުޅި މައްސަލައަށް ވަނީ އިންގިލާބީ ހެޔޮ ބަދަލެއް ގެނެސްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމިގްރޭޝަން އޮފިސަރުންނަށް ޝަރަފުގެ ކުލައާއި މެޑަލް ދޭން ގަވާއިދު ބަދަލުކޮށްފިކޯޓް ރޫމް | 2 ދުވަސް ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | މަހެއް ކުރިންއަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރަން ފަށަނީޚަބަރު | މަހެއް ކުރިންއަންނަ މެއި މަހު ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރާނަން: އިހްސާންޚަބަރު | މަހެއް ކުރިން