logo
MPL

MPL

ޚަބަރު

އަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރަން ފަށަނީ

އަޙުމަދު ރިޝާން
6 އޮކްޓޯބަރު 2026 - 13:02
އަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރަން ފަށަނީ

 އަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރަން ފަށާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު ޕާސްޕޯޓް ދޫކުރުމަށް ބަދަލުތަކެއް ގެނައީ ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ މެޝިންތަކަށް މައްސަލަ ދިމާވެ، ރާއްޖެއަށް ބުކްލެޓް ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުންނެވެ. އެގޮތުން ގެނައި ބަދަލުތަކުގެ ތެރެއިން، ރާއްޖޭގައި ތިބެގެން މުއްދަތު ހަމަވެގެން އާ ޕާސްޕޯޓެއް ހައްދަން ހުށަހަޅާ ފަރާތްތަކަށް އާ ޕާސްޕޯޓެއް ދިނުމުގެ ބަދަލުގައި، މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު 2027 ފެބްރުއަރީ ނުވަތަ ޖޫން 30ގެ ނިޔަލަށް އިތުރުކޮށްދިނުމާއި، އިންޑިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަޖެންސީ ޕާސްޕޯޓް" ދޫކުރުމަށް ކުރިން ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން ބުނީ އާ ސްޓޮކް ލިބުމާއެކު، އިމަރޖެންސީގައި އިންޑިއާ އާއި ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް ޕާސްޕޯޓު ދޫކުރާނީ ހަމައެކަނި އެފަދަ ހާލަތްތަކުގައި އެކަނި ކަމަށެވެ. އަދި ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދިން ފަރާތްތަކުގެ ޕާސްޕޯޓުތަކާ ގުޅޭގޮތުން ދެން އަމަލުކުރާނެ ގޮތެއް އަންނަ ހަފުތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރަން ފަށަނީޚަބަރު | 2 ގަޑިއިރު ކުރިންތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅުނު 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | 16 ދުވަސް ކުރިންދިވެހި ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފިޚަބަރު | މަހެއް ކުރިންގައްދޫން ޕާސްޕޯޓް ދޫކުރަން ފަށައިފިޚަބަރު | 2 މަސް ކުރިން