logo
MPL

MPL

ޚަބަރު

ޤަވައިދާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އައިޝަތު ނަޝާ
30 ޖުލައި 2026 - 10:58
ޤަވައިދާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މާލޭގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ކެފޭތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، މިއަދު ބަލައި ފާސްކުރި ތަންތަނުން އަށް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތައް ހިމެނޭ ޓާސްކް ފޯހުން މިއަދު ހިންގި މިއޮޕަރޭޝަންގައި މާލޭގެ ޖުމްލަ 6 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރޭގައި އާންމުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭތަކާއި ޓޭކްއަވޭ އައުޓްލެޓްތައް ހިމެނެއެވެ. މި އޮޕަރޭޝަންގެ ތެރެއިން އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 28 ބިދޭސީއެއްގެ ލިޔެކިޔުންތައް އިދާރާތަކުން ވަނީ ޗެކްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި، ލިޔެކިޔުންތައް ބެލި ބިދޭސީންގެ ތެރެއިން އަށް މީހަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހުންކަން ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން، އެ މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

View post on Twitter

 

ކުރިއަށް އޮތް ތަނުގައި މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް މިފަދަ އޮޕަރޭޝަންތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމިގްރޭޝަން އޮފިސަރުންނަށް ޝަރަފުގެ ކުލައާއި މެޑަލް ދޭން ގަވާއިދު ބަދަލުކޮށްފިކޯޓް ރޫމް | 3 ގަޑިއިރު ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | މަހެއް ކުރިންއަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރަން ފަށަނީޚަބަރު | މަހެއް ކުރިންއަންނަ މެއި މަހު ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރާނަން: އިހްސާންޚަބަރު | މަހެއް ކުރިން