logo
MPL

MPL

ޚަބަރު

ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާކުރަން މަޖުބޫރުކޮށްފި

އައިޝަތު ނަޝާއައިޝަތު ނަޝާ
25 އޯގަސްޓު 2026 - 09:39
ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާކުރަން މަޖުބޫރުކޮށްފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބެންކު އެކައުންޓަށް ޖަމާކުރަން މަޖުބޫރުކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގައި ވަނީ،ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ދެން ޖަމާކުރަން ޖެހޭނީ، މަރުކަޒީ ބެންކު (އެމްއެމްއޭ)ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ އެ މުވައްޒަފެއްގެ ބެންކު އެކައުންޓަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ގަވައިދަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން 30 ދުވަހުގެ ފަހުންނެވެ. ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭ ގޮތަށް ގާނޫނުން ލާޒިމް ކުރީ ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ. ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަނީ ބޭރަށް ފޮނުވާ ފައިސާގެ ތިން އިންސައްތަ އެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީންނަށް ބަރޯސާވެފައިވާ މިންވަރު ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެހެންކަމުން، ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ވަޒީފާގެ މާހައުލުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މިހާރުން ފެށިގެން ދުރުރާސްތާގެ ޕްލޭންތަކެއް ހަދަންޖެހެއެވެ. މީގެ އިތުރުން، ބިދޭސީން ވަޒީފާ އަދާކުރާ ދާއިރާތަކަށް ބަލައިން ތައުލީމީ ނިޒާމުގެ ތެރެއިން ޓެކްނޮލޮޖީއާއި، ހުނަރާއި، ވިޔަފާރީގެ އުކުޅުތައް ދަންނަ ގާބިލު ދިވެހި މަސައްކަތްތެރި ޖީލެއް ބިނާކުރެވޭފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރަންޖެހެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ މެއި މަހު ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރާނަން: އިހްސާންޚަބަރު | މަހެއް ކުރިންތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅުނު 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | މަހެއް ކުރިންބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާކުރަން މަޖުބޫރުކޮށްފިޚަބަރު | 2 މަސް ކުރިންޤަވައިދާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ޚަބަރު | 3 މަސް ކުރިން