ގައިދީން ބައިތިއްބާނެ އައު ޔުނިޓެއް ހުޅުމާލޭގައި ކޮވިޑް ފެސިލިޓީގައި ހުޅުވައިފި
24 މޭ 2026 - 14:35

ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްކުރާ މަސައްކަތުގެ ދަށުން ގައިދީން ބައިތިއްބާނެ އައު ޔުނިޓެއް ހުޅުމާލޭގައި ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި ހުޅުވައިފިއެވެ.
އެ އިމާރާތް ހުންނަނީ ހުޅުމާލޭގައި އަލަށް ހެދި ކްރިމިނަލް ކޯޓާ އިންވެގެން، ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައެވެ.

Ad by Hajj Corporation
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވިދާޅުވީ، ހުޅުމާލެ ޕޮލޮޓް ނަންބަރު 10623 ގައި އަލަށް ބިނާ ކުރާ ދެ ބުރި އިމާރާތުގެ 140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބޮލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ފުރަތަމަ ބެޗްގެ 16 ޤައިދީން އިއްޔެ އެ ޔުނިޓަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
މިއީ ހުކުމް ތަންފީޛުކުރާ ޤައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ޤައިދީން ބޭތިއްބުމަށް، ހޯލްޑިން ސެލްތައް އެކުލެވޭ ގޮތަށް AC އާއެކު ބިނާކުރެވޭ ޔުނިޓެއް ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
ކަރެކްޝަނުން ބުނިގޮތުގައި، މި މަސައްކަތުގެ ގުރައުންޑް ފޮލޯގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވެމުން، ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ބޮޑު ލުއިކަމެއް ލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ.
މިހާރު ކަރެކްޝަނުން މިހިދުމަތް ދެމުން ގެންދަނީ ޖާގައިގެ އަދި ލޮޖިސްޓިކްސްގެ ދަތިކަމާއި، މޫސުމީ ދަތިތަކާއެކު އޮފިސަރުންގެ ރިސްކް ބޮޑު ބުރަ މަސައްކަތާއެކުގައި ކަމަށް ވެސް ބުނެފައިވެއެވެ.


