logo
MPL

MPL

ޚަބަރު

ވަކިކުރީ ގޯސްކޮށް؛ އާސިފަށް އަލުން ވަޒީފާ ދޭންޖެހިއްޖެ

ވަކިކުރީ ގޯސްކޮށް؛ އާސިފަށް އަލުން ވަޒީފާ ދޭންޖެހިއްޖެ

ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފް މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ ދައުލަތުގެ މައްޗަށް އަމުރުކޮށްފިއެވެ. ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ވެސް ދޭން ޖެހޭނެ ކަމަށް ހުކުމުގައި ވެއެވެ.

މި މައްސަލައިގެ ފެށުމަކީ ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމުގެ ތުހުމަތެވެ. އެ ކްލަބުގެ ރައީސްކަން ކުރެއްވި އާސިފާ ދެކޮޅަށް ހިޔާނާތުގެ ތުހުމަތުތައް ފެންމަތިކޮށް، މުވައްޒަފުން ވަނީ ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ. އެ ތުހުމަތުތަކާ ގުޅިގެން މުސާރަ ލިބޭ ގޮތަށް އަށް މަސް ދުވަހު ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، މިދިޔަ އަހަރުގެ ޖުލައި މަހު އާސިފް ވަކިކުރީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް އެ ނިންމުން ގަބޫލުނުކޮށް، އާސިފް ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ. މައްސަލަ ބެލެމުން ދިޔައިރު، އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރުމަށް ކޯޓުން އޮތީ ވަގުތީ އަމުރެއް ވެސް ނެރެފައެވެ. އިއްޔެގެ ހުކުމާ އެކު، ސަސްޕެންޝަނާއި ވަކިކުރުމުގެ ދިގު ދަތުރަށް ފަހު އާސިފަށް ވަނީ މަގާމު އަނބުރާ ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމުގެ ޔަގީންކަންދެން: ސީޕީ ޒަރީރުޚަބަރު | 3 ގަޑިއިރު ކުރިންރާއްޖޭގައި ތިބި ބަންގްލަދޭޝް ގައިދީން، ހުކުމުގެ ބާކީބައި ފުރިހަމަކުރުމަށް އެގައުމަށް ފޮނުވަނީޚަބަރު | މަހެއް ކުރިން މާފުށީ ޖަލުގައި ސަރޗްް އޮޕަރޭޝަނެއް ފަށައިފިޚަބަރު | 2 މަސް ކުރިން މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފިޚަބަރު | 2 މަސް ކުރިން