logo
Bank of Maldives

Bank of Maldives

ޚަބަރު

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ޞަބާޙް

އާމިނަތު ޝަފާ
10 ޑިސެމްބަރު 2025 - 14:56
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް  ޞަބާޙް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމަށް އަހްމަދު ސަހާބް މިއަދު އައްޔަން ކުރައްވައިފިއެވެ.

ސަބާހް މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހީމް މުޙައްމަދުދީދީ، ޑިސެންބަރު ހަތަރު ވަނަ ދުވަހުގައި ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލްފާޟިލް އަޙްމަދު ޞަބާޙް އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ ކުރިން ޑެޕިއުޓީ ސުޕަރިންޓެންޑަންޓް އޮފް ޕްރިޒަންސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޞަބާޙްއަކީ، 2004 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅެކެވެ. ޖޫނިއަރ އަދި ސީނިއަރ ލެވެލްގައި ސިވިލް މުވައްޒެއްގެ ގޮތުގައި 11 އަހަރު މަސައްކަތްކުރެއްވުމަށްފަހު، އަލްފާޟިލް އަޙްމަދު ޞަބާޙް 2015 ގައި ޕްރިޒަން އޮފިސަރުންގެ ތަމްރީން ހައްދަވައި، ކޮމިޝަންޑް އޮފިސަރަކަށް ވަނީ ހުވާ ކުރައްވާފައެވެ. އެގޮތުން ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މާލޭ ޖަލުގެ ޑެޕިއުޓީ ޑިރެކްޓަރ، ހެޑް އޮފް ހިއުމަން ރިސޯސަސް އާއި ހެޑް އޮފް ބަޖެޓް އެންޑް ފިނޭންސް އަދި މާލީ ޒިންމާދާރު ވެރިޔާފަދަ މުޙިއްމު މަޤާމުތައް އަދާކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރެކްޝަންސް ގެ "މައި އެމްސީއެސް" ޕޯޓަލް މާދަމާ ހުޅުވާލަނީ ޚަބަރު | 2 މަސް ކުރިންމި ރަމަޟާންމަހު ފުރަތަމަ ފަހަރަށް ޖަލުތަކުގައި ތަރާވީޙް ކުރާނީޚަބަރު | 2 މަސް ކުރިންއައްސޭރި ޖަލުން ހިންމަފުށީ ސުކޫލަށް 130 ޑެސްކް ޖަހައިދީފިޚަބަރު | 2 މަސް ކުރިންކަރެކްޝަންސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފިޚަބަރު | 2 މަސް ކުރިން