logo
Bank of Maldives

Bank of Maldives

ޚަބަރު

20 އަހަރު ފަހުން ޤައިދީންގެ އެލަވަންސް ބޮޑުކޮށްފި

އަޙްމަދު ޒަލީފް
6 އޯގަސްޓު 2025 - 03:51
20 އަހަރު ފަހުން ޤައިދީންގެ އެލަވަންސް ބޮޑުކޮށްފި

ގައިދީންގެ ގޮތުގައި ޙުކުމް ތަންފީޒުކުރާ މީހުންގެ ތެރެއިން މަސައްކަތްކުރާ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްފިއެވެ.

މަސައްކަތް ކުރުމުން ގައިދީންނަށް ދެމުންދިޔަ އެލަވަންސް ބޮޑުކޮށްފައި މިވަނީ އެލަވަންސްތައް މުރާޖާކުރުމަށްފަހު ކަމަށް ކަރެކްޝަނަލް ސަރވިސް އިން ވަނީ ވިދާޅުވެފައެވެ.

ގައިދީން ކުރާ މަސައްކަތަށް މިހާރު ދެމުންދަނީ މީގެ 20 އަހަރު ކުރިން ފެށިގެން، ކަނޑައާޅާފައިވާ އެލަވަންސްތަކެކެވެ. އެކި ގްރޭޑް ތަކަށް ބަހާލައިގެން ގައިދީންކުރާ މަސައްކަތަށް އެންމެ ދަށް މިންވަރެއްގެ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް 50 ރުފިޔާވަނީ ކަނޑައަޅާފައެވެ. އަދި އެންމެ މަތީ އަގަކީ ދުވާލަކަށް 150 ރުފިޔާކަން ކަނޑައަޅައި އެގޮތަށް ވަނީ ހަމަޖައްސާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޤައިދީން ކުރާ މަސައްކަތްތަކަށް މީގެކުރިން ދެމުންދިޔައީ ދުވާލަކަށް 30 ރުފިޔާގެ އުސޫލުންނެވެ. އަދި ބައެއް ޚާއްސަ މަޝްރޫޢުތަކާއި ގުޅިގެން ކުރާ މަސައްކަތްތަކަށް އިތުރު އެލަވަންސެއް އޭރުވެސް ދެވޭކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ. އަދި މިބަދަލަށް އަމަލުކުރަން ފަށާފައިވަނީ ޖުލައި މަހުގެ 16 އިން ފެށިގެންނެވެ.

ގައިދީން އުފައްދާ އެކި ހުނަރުވެރި އުފެއްދުންތައް ދައްކާލުމަށް އެކި ދުވަސްވަރު އެކި ކަހަލަ އެގްޒިބިޝަންތައް އަންނަނީ ބާއްވަމުންނެވެ. އޭގެ ތެރޭގައި ޖަލުގައި އުފައްދާ އެކި ބާވަތުގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ގައިދީންގެ އަތްތެރި މަސައްކަތްތައް ދައްކާލުމަށް އެގްޒިބިޝަންތައްވަނީ މީގެކުރިންވެސް ބާއްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރާންސްފޮރމޭޝަނަލް ލީޑަރޝިޕް އިން އެކްޝަން ޓްރޭނިންގ” ޕްރޮގްރާމް ހިންގައިފިޚަބަރު | 3 ދުވަސް ކުރިންޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ޞަބާޙްޚަބަރު | މަހެއް ކުރިންވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުންމުޙިއްމު: ސީޕީޚަބަރު | 5 މަސް ކުރިންޙުކުމް ތަންފީޛުކުރަމުންދާ ކުދިންނަށް އަމާޒުކޮށް އުނގެނެމާގެ ނަމުގަ ޕްރޮގްރާމެއް ފަށައިފިޚަބަރު | 5 މަސް ކުރިން