އެމްސީއެސްގެ ފަރާތުން މާލީ ގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ ޤައިދީންގެ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފި

އެމްސީއެސްގެ ފަރާތުން މާލީ ގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ ޤައިދީންގެ 10 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި -- ފޮޓޯ: އެމްސީއެސް

08 އޭޕްރީލު 2025 - 10:51
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން، ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޝާން މަހާ ގުޅުވައިގެން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފައިސާ އެއްކޮށް، އެ ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން ކޮންމެ ޢާއިލާއަކަށް 2،220ރ. ރުފިޔާގެ މަގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރަމަޟާން މަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ދަތި އާއިލާ ތަކަށް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ރަމަޟާން މަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ ދަށުން 40 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރވިސްއިން އަމާޒުކޮށްފައިވީނަމަވެސް، އެ ޕްރޮގްރާމްއަށް އެދި ފޯމް ހުށަހަޅާފައިވަނީ ޖުމްލަ 21 ފަރާތުން ކަމަށް އެމްސީއެސްއިން ބުނެއެވެ. އަދި އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުޠުތައް ހަމަވެފައިވަނީ ޖުމްލަ 10 ޢާއިލާ ކަމަށް އެ ސަރވިސްއިން ބުނެއެވެ.
އެގޮތުން ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ގެންދާތާ މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމާއި، 18 އަހަރު ނުފުރޭ ކުދިން ތިބުމާއި، ޢާމްދަނީ ލިބޭމިންވަރު ހިމެނެއެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ކަރެކްޝަންގެ މުވައްޒަފުން ޕެޓިޝަން ހުށަހެޅީ އެކަމުގެ މަސައްކަތް ކުރިއަށްދަނިކޮށް
7 މަސް ކުރިން
ހިޔާނާތުގެ ތުހުމަތު ކުރެވުނު އާސިފް ސަސްޕެންޑްކޮށްފި
5 މަސް ކުރިން