އަލިފާން ރޯވި ގޭގައި ދިރިއުޅުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
24 އޯގަސްޓު 2025 - 10:29

މާލޭގެ ގެއްގެ އެޕާޓްމަންޓެއްގެ އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ ހޮނިހިރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ހާދިސާގެ ސަބަބުން ދުމާއި އަލިފާނުގެ ސަބަބުން ގެއްލުން ލިބުނު، އެޕާޓްމަންޓްގައި ދިރިއުޅޭ ފަރާތަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ ޚަރަދުވެސް ހަމަޖައްސައިދީފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން މައުލޫމާތުދެއެވެ.

Ad by Hajj Corporation
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައި ވަނީ މިއަދު ހެނދުނު 07:43 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔަރފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި، އައުޓްޑޯރ ޔުނިޓްގައި ރޯވި އަލިފާން 7:59 ގައި ވަނީ ކޮންޓްރޯލްކޮށް ނިއްވާލެވިފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މާފަންނުގައި ހުންނަ އަފްޒާ ގޭގެ 6 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެގެންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.