logo
Bank of Maldives

Bank of Maldives

ޚަބަރު

ކާރިސާތަކަށް ތައްޔާރުވުމަށް ''ހުށިޔާރު'' ގެ ނަމުގައި ހާއްސަ ވެބްސައިޓް އިފުތިތާހުކޮށްފި

ޢައްފާން މުޙައްމަދު
18 އޮކްޓޯބަރު 2025 - 06:50
ކާރިސާތަކަށް ތައްޔާރުވުމަށް ''ހުށިޔާރު'' ގެ ނަމުގައި ހާއްސަ ވެބްސައިޓް އިފުތިތާހުކޮށްފި

ކާރިސާތަކަށް ތައްޔާރުވުމަށް ޚާއްސަ ރިސްކް ކޮމިއުނިކޭޝަން ވެބްސައިޓެއް ކަމަށްވާ "ހުޝިޔާރު" ރަސްމީކޮށް ފަށައިފިއެވެ.

މިއީ  ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ކޮށްފައިވާ މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވެބްސައިޓް ތައާރަފުކޮށްފައިވަނީ, މިދިޔަ ހޯމަ ދުވަހު ފާހަގަކުރި ބައިނަލްއަގްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާ ގުޅިގެން އެންޑީއެމްއޭއިން އިސްނަގައިގެން ބޭއްވި "ވިލުންތެރި ފެސްޓު" ގައެވެ. އެންޑީއެމްއޭއިން ބުނީ، "ހުޝިޔާރު" ވެބްސައިޓް ތަރައްގީކޮށްފައިވަނީ ޔޫއެންޑީޕީގެ ފަންޑިން ވިންޑޯ މެދުވެރިކޮށް ޑެންމާކް، ލަކްސެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުތަކުން ދިން އެހީގެ ދަށުން ކަމަށެވެ.

އެ އޮތޯރިޓީން ބުނީ؛ މި ޕްލެޓްފޯމްގައި މޫސުމީ އިންޒާރުދޭ އެލާޓްތަކާއި، ނުރައްކަލަށް ޚާއްސަ ގައިޑްލައިންތައް ހިމެނޭ ކަމަށެވެ. އަދި ކާރިސާތަކުގައި އަމަލުކުރަންވީ ގޮތާއި ހޭލުންތެރިވުމަށާއި ރެސްޕޮންސް ޓޫލްކިޓްތައް މި ޕްލެޓްފޯމުން ފޯރުކޮށްދޭ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

މި ޕްލެޓްފޯމުން ކާރިސާތަކާ ގުޅޭ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޑައުންލޯޑްކުރެވޭ ޕޯސްޓަރުތަކާއި، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ފަންނީ މަޢުލޫމާތު ލިބެން ހުންނާނެއެވެ.

މި ވެބްސައިޓުގެ މަގުސަދަކީ ކާރިސާތަކަށް ހޭލުންތެރި އަދި ތައްޔާރަށް ތިބި މުޖުތަމައުއެއް ބިނާކުރުން ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

ހުޝިޔާރު ވެބްސައިޓަކީ މުޖުތަމައުއަށް މަޢުލޫމާތު ފޯރުކޮށްދޭ، ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭ، އަދި އަމަލީ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާރިސާތަކަށް ތައްޔާރުވުމަށް ''ހުށިޔާރު'' ގެ ނަމުގައި ހާއްސަ ވެބްސައިޓް އިފުތިތާހުކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންއަލިފާން ރޯވި ގޭގައި ދިރިއުޅުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިޚަބަރު | 2 މަސް ކުރިން