logo
Bank of Maldives

Bank of Maldives

ޚަބަރު

ނެއްލައިދޫގައި އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި

އަޙްމަދު ޒަލީފް
25 އޯގަސްޓު 2025 - 11:19
ނެއްލައިދޫގައި އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި

ހދ. ނެއްލައިދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅުއްވައިފިއެވެ.

ހދ. ނެއްލައިދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މިސްކިތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މިސްކިތެއްގެ އިތުރުން ނެއްލައިދޫގައި ބިނާ ކުރާ ސިއްޙީ މަރުކަޒުގެ އައު ޢިމާރަތުގެ ބިންގާވެސް ވަނީ އަޅާފައެވެ.

އެރަށުގެ ސިއްޙީ މަރުކަޒުގެ އައު އިމާރާޓުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އާއި އެމްޓީސީސީގެ ސިއީއޯ އަޙްމަދު ސަޢުދީއެވެ. މިމަސައްކަތް ސިއްޙީ ވުޒާރާއިން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެލައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިލަންދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 6 ދުވަސް ކުރިންނޫމަރާގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި ޚަބަރު | 9 ދުވަސް ކުރިންއެންމެ ހައިބަތު ބޮޑު ޤުރުއާން މުބާރާތުގެ އަގުހުރި އިނާމުތަކާއި ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށްޚަބަރު | 10 ދުވަސް ކުރިންޙަރާމްގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތް ކެނޑޭނޭކަމެއް: ހުތުބާޚަބަރު | 11 ދުވަސް ކުރިން