logo
MPL

MPL

ޚަބަރު

މިލަންދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

އައިމިނަތު މޫސާ
15 އޮކްޓޯބަރު 2025 - 12:33
މިލަންދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

ށ. މިލަންދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ (ޑީސީޕީ ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދުގެ އިތުރުން މިލަންދޫ ކައުންސިލްގެ ރައީސްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެލައްވާފައެވެ.

 ޒަމާނީ ފެންވަރަށް ތައްޤީ ކުރުމަށް ހަމަޖެހިފައިވާ މި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫއުއަކީ 24.99 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމިގެންދާއިރު އިސްލާމީ މަރުކަޒުގައި ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި 4 ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހިމެނޭނެއެވެ. މީގެ އިތުރުން ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިޚަބަރު | 12 ގަޑިއިރު ކުރިންމި ސަރުކާރުން ފެށި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ދަތުރު މާލީ ހަމަޖެހުމާއި، ޑިޖިޓަލް އަދި ފެހި އިޤްތިޞާދަކަށްރިޕޯޓް | 16 ގަޑިއިރު ކުރިންއިތުރު 91 ޒުވާން ޚަޠީބުން ތަމްރީނުކޮށް ޢަދަދު 700 އިން މައްޗަށްޚަބަރު | 17 ގަޑިއިރު ކުރިން'ރާއްޖޭގެ ޖީޑީޕީގެ %15 ޑިޖިޓަލް އިގްތިސޯދު ހިއްސާކުރާ މިންވަރަކަށް ހެދުމަކީ 2030 އަށް ކަނޑައަޅާފައިވާ އަމާޒެއް: ރައީސްޚަބަރު | 2 ދުވަސް ކުރިން