logo
Bank of Maldives

Bank of Maldives

ރިޕޯޓް

މި ސަރުކާރުން ފެށި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ދަތުރު މާލީ ހަމަޖެހުމާއި، ޑިޖިޓަލް އަދި ފެހި އިޤްތިޞާދަކަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޯގަސްޓު 2026 - 09:26
މި ސަރުކާރުން ފެށި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ދަތުރު މާލީ ހަމަޖެހުމާއި، ޑިޖިޓަލް އަދި ފެހި އިޤްތިޞާދަކަށް

މި ސަރުކާރު ވެރިކަމާ ހަވާލުވީ ވާރުތަކުރި ބިޔަ ދަރަންޏަކާއެކުއެވެ. ކުރީގެ ސަރުކާރުތަކުން ހާވާފައި އޮތް ހަޑިތައް ސާފުކޮށް، ހިންދެމިލާނެ ވަގުތު ނުލިބި ދެން ލައިގަތީ މެދުއިރުމަތީގެ ހަނގުރާމައިގެ ދަތިކަމާއެވެ. މި އާއިއެކު ދުނިޔޭގެ ބާޒާރުގައި ތެޔޮ އިންތިހާއަށް އަގުބޮޑުވެ، މުދާ އުފުލުމުގައި ދިމާވި ދައްޗާއެކު މުޅި ދުނިޔޭގައި ވެސް ވަނީ މުދަލާއި ޚިދުމަތުގެ އަގުތައް އުފުލިފައެވެ. ކަން މިހެންއޮތްއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދަކީ މައިގަނޑު ގޮތެއްގައި މަދު ދާއިރާތަކަކަށް ބަރޯސާވެފައިވާ އިޤްތިޞާދަކަށް ވާތީ، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ވަރަށް ބޮޑެވެ. މިކަން ހައްލުކޮށް، ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމަށްޓަކައި އިޤްތިޞާދު ސިންދަފާތުކޮށް ހަރުދަނާ ކުރުމަކީ މިހާރުގެ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަސައްކަތެވެ. މާލީ ހަމަޖެހުން ޤާއިމުކުރުމާއި، އައު ދާއިރާތައް ތަރައްޤީކުރުމަށް ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މާލީ ހަމަޖެހުމާއި އަސާސީ ޚިދުމަތްތައް ކަށަވަރުކުރުން

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ މާލީ ޙާލަތު އޮތީ ބޮޑު ދަރަންޏެއްގެ ބުރައާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ސަރުކާރުގެ ހަރުދަނާ މާލީ ސިޔާސަތުގެ ދަށުން ދައްކަންޖެހޭ ސުކޫކް ޕޭމަންޓްތައް ވަނީ ކާމިޔާބުކަމާއެކު ދައްކައި ޚަލާޞްކޮށްފައެވެ. މީގެއިތުރުން ދުނިޔޭގެ ބާޒާރުގައި ހިނގަމުންދާ ހަނގުރާމަތަކާއި ލޮޅުންތަކާއެކުވެސް، ރައްޔިތުންނަށް ބޭނުންވާ ކާޑާއި، ތެލާއި ގޭހުގެ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެ ހަރުދަނާ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލްކޮށް، އަސާސީ މުދަލުގެ އަގުތައް މޮނިޓަރކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ގާތުން ކުރަމުންނެވެ.

ޑިޖިޓަލް އިޤްތިޞާދާއި އިޔާދަކުރަނިވި ހަކަތައިގެ އަމާޒުތައް

އިޤްތިޞާދު ސިންދަފާތުކުރުމުގެ މުހިންމު ބަހާއެއްގެ ގޮތުގައި 2030 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގެ ޖީ.ޑީ.ޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދުން ހޯދާ އާމްދަނީއަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ހަމައެއާއެކު، ތިމާވެއްޓާ ރައްޓެހި ޤައުމެއްގެ ގޮތުގައި ކުރިއަށްދިއުމަށްޓަކައި 2030 ވަނަ އަހަރުގެ ނިޔަލަށް ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ. މީގެ އިތުރުން 2024 ވަނަ އަހަރު އެސް.އީ.ޒެޑް (ސްޕެޝަލް އިކޮނޮމިކް ޒޯން) ޤާނޫނު އެކްޓިވޭޓްކޮށް، ސަސްޓެއިނަބަލް ޓައުންޝިޕް ފަދަ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ލޮޖިސްޓިކްސް އަދި ވިޔަފާރި ބަނދަރު ޒަމާނީކުރުން

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށްޓަކައި ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ޕޯޓެއް ތިލަފުށީގައި ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މަޝްރޫޢުގެ ދަށުން ތިލަފުށީގައި ފުރިހަމަ ކޯލްޑް ސްޓޯރޭޖާއި ގުދަންތައް ޤާއިމުކުރެވި، ވިޔަފާރި މުދާ އެތެރެކުރުމާއި ބެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރު މާލޭ ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުށްޓަށް ބަދަލުކޮށް، 2028 ވަނަ އަހަރުގެ ނިޔަލަށް ފުލް އޮޕަރޭޝަނަށް ގެނައުމެވެ.

ޤައުމުގެ މުސްތަޤުބަލަށް އިންތިހާއަށް މުހިންމު ސިޔާސަތުތަކެއް

ޚުލާޞާކޮށް ދަންނަވާނަމަ، ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް ސިންދަފާތު ކުރުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ޤައުމުގެ މުސްތަޤުބަލަށް އިންތިހާއަށް މުހިންމު ސިޔާސަތުތަކެކެވެ. މާލީ ހަމަޖެހުމާއި، ޑިޖިޓަލް އަދި ފެހި އިޤްތިޞާދަކަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ވިޔަފާރީގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ މުސްތަޤުބަލު އުޖާލާކޮށްދޭނެ ކަންކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު މާލެ އަތޮޅުގެ ރަށްތަކުން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިން‘’ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން’’ޚަބަރު | 2 ގަޑިއިރު ކުރިން ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް މުޢިއްޒު އަޅުއްވައިދެއްވައިފިޚަބަރު | 15 ގަޑިއިރު ކުރިންރައްޔިތުންގެ އަޑުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާ އަކުން ފުރުސަތު ހުޅުވާލައިފިޚަބަރު | 21 ގަޑިއިރު ކުރިން