logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯނު ނުދައްކައިގެން މާލޭގެ ދެ ގެއެއް ވިއްކާލަނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
25 ސެޕްޓެމްބަރު 2024 - 10:53
މާލެ: މާލޭގެ ދެ ގެއެއް ވިއްކާލުމަށް ބޭންކުން ވަނީ އިއުލާންކޮށްފައި -- ފޮޓޯ/ އަވަސް
މާލެ: މާލޭގެ ދެ ގެއެއް ވިއްކާލުމަށް ބޭންކުން ވަނީ އިއުލާންކޮށްފައި -- ފޮޓޯ/ އަވަސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ދެ ލޯނެއް ނުދައްކައިގެން، މާލޭގެ ދެ ގެއެއް ވިއްކަން އިއުލާންކޮށްފިއެވެ.

ބޭންކުން ވިއްކާލަން އިއުލާންކޮށްފައިވަނީ "މ. ބީޗްކޯނަރ" އަދި "މ. ނާއިންފަރުއާގެ" އެވެ. މި ދެ ވިއްކަން ނިންމާފައިވަނީ އެ ބޭންކުން ނެގި ދެ ލޯނަކަށް ފައިސާ ނުދައްކައިފެން ކަމަށް ބޭންކުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ގެތަކުގެ ތެރެއިން އެންމެ ފުރަތަމަ ވިއްކަން އިއުލާންކުރީ މ. ނާއިންފަރުއާގެއެވެ. އެގެއަކީ 792 އަކަފޫޓުގެ ގެއަކަށް ވާއިރު، އެ ގެ ނީލަމުގައި ވިއްކުމަށް ފެށޭ އަގަކީ 13 މިލިއަން ރުފިޔާއެވެ. އެ ގެ ގަތުމުގެ ނީލަން ހަމަވާނީ އަންނަ މަހުގެ 10ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12އަށެވެ.

ބޭންކުން މިއަދު އިއުލާންކުރީ މ. ބީޗްކޯނަރ އަކީ 927 އަކަ ފޫޓުގެ ގޯއްޗެކެވެ. އެ ގެ ނީލަމުގައި ވިއްކަން ފެށޭ އަގަކީ 23.8 މިލިއަނަށް ވާއިރު، އެ ގެ ގަތުމުގެ ނީލަން ހަމަވާނީ މި އަންނަ މަހުގެ 15ވާ އަންގާރަ ދުވަހުގެ މެންދުރު 12އަށެވެ.

ބޭންކުން ބުނި ގޮތުގައި، އެ ނީލަންތައް ހުށަހެޅުމުގެ މުއްދަތާ ހަމައަށް ސިޓީ ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ބީލަން ހުޅުވާ ތަނުގައި އެ ވަގުތު ހާޒިރުވެތިބި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިއުލާން ކުރެވޭނެ ކަމަށެވެ. އަދި އެ ނީލަމެއް ނިންމާނީ، އެ ނީލަމެއްގެ އެންމެ މަތީ އަގު ކަމުގައި އިއުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިއުލާން ކުރެވޭ ތާރީޚުން ފެށިގެން ފަސް ދުވަސް ވަންދެން، އެއް އަގެއްގައި އޮތުމުން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޤްފު މަޝްރޫޢުތަކަކީ މުޅި ރާއްޖޭގެ އިސްލާމީ ޚިދުމަތާ ގުޅިފައިވާ މަޝްރޫޢުތަކެއް: ވަޒީރު ޝަހީމްޚަބަރު | 6 ދުވަސް ކުރިންލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފިވިޔަފާރި | 14 ދުވަސް ކުރިންބީއެމްއެލުން ކަނޑިތީމުގައި އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިޚަބަރު | 23 ދުވަސް ކުރިންބީއެމްއެލްއިން ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިވިޔަފާރި | 24 ދުވަސް ކުރިން