logo
Bank of Maldives

Bank of Maldives

ޚަބަރު

އަލިބާބާ ޕްލެޓްފޯމުގައި ދިވެހީންނަށް މިހާރު މުދާ ވިއްކޭނެ: ރައީސް

އިސްމާޢިލް ރާތިޢު
18 ޑިސެމްބަރު 2025 - 05:06
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް، އަލީބާބާ ޕްލެޓްފޯމް މެދުވެރިކޮށް މުދާ ވިއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުމެވިތައް ހިންގާ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގުފަހިކުރުމަށް އޮންތެޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އަލީބާބާ މެދުވެރިކޮށް މުދާ ވިއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުުރުން ދިވެހި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދީ ބޭރުން ފައިސާ ގެނައުމުގައި ހުރި ދަތިތައްވެސް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ވިޔަފާރިތަކާއި ގުޅުންހުރި ފަރާތްތަކާ ގާތުން މިހާރުވެސް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޕޭޕަލްއާއެކު ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ ޖަނަވަރީ މަހު އެމަސައްކަތް އެއްކޮށް ނިމި، ރާއްޖޭގައި ޕޭޕާލްގެ ޚިދުމަތްދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މީގެ އިތުުރުން، ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް ކަމަށްވާ ބީއެމްއެލް ސްވައިޕްގެ ހިދުމަތްވެސް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭ ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޑިޖިޓަލް ވޮލެޓަކަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއް ކަމަށާއި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ބީއެމްއެލް އިން ސިފަކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަރލްޑް ޓްރެވަލް އެވޯޑްސް 2026ގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބީއެމްއެލްޚަބަރު | 18 ގަޑިއިރު ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކުގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފިޚަބަރު | 18 ގަޑިއިރު ކުރިންއ.ދ ގެ ޤައުމުތަކަށް މާނަހުރި އިޞްލާޙުތައް ގެނައުމުގައި ރާއްޖެއިން ދެމިއޮންނާނެ: ރައީސްޚަބަރު | 2 ދުވަސް ކުރިންމުހައްމަދު އަލީގެ އާއިލާއަށް ރައީސްގެ ތައުޒިޔާޚަބަރު | 3 ދުވަސް ކުރިން