logo
Bank of Maldives

Bank of Maldives

ޚަބަރު

އ.ދ ގެ ޤައުމުތަކަށް މާނަހުރި އިޞްލާޙުތައް ގެނައުމުގައި ރާއްޖެއިން ދެމިއޮންނާނެ: ރައީސް

އައިޝަތު ނަޝާ
21 ސެޕްޓެމްބަރު 2026 - 16:04
އ.ދ ގެ ޤައުމުތަކަށް މާނަހުރި އިޞްލާޙުތައް ގެނައުމުގައި ރާއްޖެއިން ދެމިއޮންނާނެ: ރައީސް

އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އދ.) އަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި އެ ޖަމުޢިއްޔާގެ ތެރޭގައި އެންމެހާ ޤައުމުތަކަށް ހަމަހަމަ ތަމްސީލުވުން ލިބިދިނުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. އދ. ގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބިފައިވަނީ، 21 ސެޕްޓެމްބަރު 1965 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން (ސިޑްސް) އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ހަމަހަމަ ބައިވެރިންގެ ގޮތުގައި އެ ޤައުމުތަކުގެ މާނަހުރި ބައިވެރިވުން ކަށަވަރުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށާއި، ހަމަހަމަ އަދި މޫސުމީ ވިލުންތެރިކަން ލިބިފައިވާ ބައިނަލްއަގުވާމީ އިޤްތިޞާދެއް ބިނާކުރުމުގައި ސިޑްސްގެ ޤައުމުތަކުގެ އަޑު މާނަހުރި ގޮތެއްގައި އިއްވުމަށްޓަކައި، އދ. އާއެކު އޮތް ގާތް ގުޅުން ރާއްޖެއިން ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މޫސުމީ ވިލުންތެރިކަމަށް ވަކާލާތުކުރުމާއި، ދަރަންޏަށް ދެމެހެއްޓެނިވި ޙައްލުތައް ހޯދައި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، މޫސުމަށް ހޭނުމަށް ބޭނުންވާ ފައިސާ ހިމެނޭހެން އެކަށީގެންވާ އަދި ލުއި މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތުތައް ފަހިކުރުމަށާއި، ސިޑްސްގެ ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރަމުން ގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ. ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެއިން ހޭދަކުރި 60 އަހަރަށްވުރެ ދިގު މާޒީގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތް ހިމެނޭހެން، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެ ޖަމުޢިއްޔާއިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރަމުންދާ އުންމީދީ ޤައުމީ މަސައްކަތުގައި ވެސް މި ބައިވެރިވުން މުހިންމު ދައުރެއް އަދާކުރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އދ. ގެ ނިޒާމުގެ ތެރޭގައި ދިވެހިރާއްޖޭގެ ދައުރާއި ލީޑަރޝިޕް ފުޅާވަމުން އަންނަކަން ފާހަގަކުރައްވައި، އދ. ގެ ޢާންމު މަޖިލީހާއި އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަން މީގެ ކުރިން ރާއްޖެއިން އަދާކޮށްފައިވާ ކަމާއި، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން އަދި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެންބަރުކަން ރާއްޖެއިން އަދާ ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށާއި އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަމަށް ރާއްޖެއިން ވާދަކުރަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި އދ. ގެ ޗާޓަރަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ކުރިމަތިވަމުންދާ ގޮންޖެހުންބޮޑު މައްސަލަތަކަށް ޙައްލު ހޯދުމުގައި ޑިޕްލޮމެސީއާއި، މަޝްވަރާއާއި، އެންމެންގެ ބައިވެރިވުން ހިމެނޭ ގިނަ ފަރާތްތައް އެކުލެވޭ ބައިނަލްއަޤްވާމީ ނިޒާމެއްގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.

މެސެޖު ނިންމަވާލައްވަމުން، އދ. ގެ ތެރޭގައި ދިވެހިރާއްޖޭގެ ދައުރު ބަދަލުވަމުން އައިސްފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި، 1965 ގައި ރާއްޖެއިން އދ. އާ ގުޅުނީ ބައިނަލްއަޤްވާމީ ދުނިޔޭގެ ބަލައިގަތުމާއި ބައިވެރިވުން ހޯދުމަށް ކަމަށް ވިޔަސް، މިއަދު ރާއްޖެ އޮތީ އެ ޖަމުޢިއްޔާ ބައްޓަންކުރުމުގައާއި، ތަރައްޤީގައި އެއްވެސް މީހަކު ބާކީނުވާ ފަދަ ވިލުންތެރި މުސްތަޤްބަލެއް ބިނާކުރުމަށް އެންމެ އިސް ސަފުގައި ބޮޑެތި ޒިންމާތައް އުފުލުމަށް ފުރިހަމައަށް ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އ.ދ ގެ ޤައުމުތަކަށް މާނަހުރި އިޞްލާޙުތައް ގެނައުމުގައި ރާއްޖެއިން ދެމިއޮންނާނެ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންމުހައްމަދު އަލީގެ އާއިލާއަށް ރައީސްގެ ތައުޒިޔާޚަބަރު | ދުވަހެއް ކުރިންރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | 2 ދުވަސް ކުރިންޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާ ކުރާ ތާރީހު ޖޫން 2031 އަށް ޚަބަރު | 2 ދުވަސް ކުރިން