މުހައްމަދު އަލީގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
20 ސެޕްޓެމްބަރު 2026 - 16:21
.png&w=3840&q=75)
ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ރައީސް ވިދާޅުވީ ޑރ މުހައްމަދު އަލީއަކީ އިޖުތިމާއީ އެކި ކަންކަމުގައި ވަކިން ހާއްސަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖުތަމައަށް ގިނަގުނަ މައުލޫމާތުތަކެއް ފޯރުކޮށްދެއްވައި، އިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަހްސިއްޔަތެއް ކަމަށެވެ. އަދި އެންމެންގެ ލޯތްބާއި އިހްތިރާމް ހޯއްދެވި ގަދަރުވެރި ބޭފުޅެއް ކަމުގައިވެސް ވިދާޅުވި އެވެ.
"މަރްޙޫމްގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ނުހަނު އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް ޑރ މުހައްމަދު އަލީ ލެހެއްޓެވުން އެދި ދުއާކުރަން،" ރައީސް ވިދާޅުވެފައިވެ އެވެ.
އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިރޭގެ ވަގުތެއްގައި އުމުރުފުޅުން 67 އަހަރުގައި މުހައްމަދު އަލީ އަވަހާރަވީ އައިޖީއެމްއެޗްގައެވެ.
.png&w=750&q=75)
Ad by Hajj Corporation


