logo
Bank of Maldives

Bank of Maldives

ވިޔަފާރި

ކާޑުލިމިޓްގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރާތީ،އެކަަން ނުކުރުމަށް ބީއެމްއެލް އިން އެދިއްޖެ

އައިޝަތު ނަޝާ
7 ޑިސެމްބަރު 2025 - 12:11
ކާޑުލިމިޓްގެ ބޭނުން  ނަހަމަގޮތުގައި ބޭނުން ކުރާތީ،އެކަަން ނުކުރުމަށް ބީއެމްއެލް އިން އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުލިމިޓްގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުން ކުރާތީ، އެކަން ނުކުރުމަށް އެ ބޭންކް އިން މިއަދު އެދިއްޖެއެވެ.

ބީއެމްއެލް އިން ވަނީ މި އަހަރުގެ ނޮވެމްބަރުން ފެށިގެން ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓްކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރުކޮށްފައެވެ. އަދި ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓްއާއި ހޮޓެލް ބުކިންއަށާއި ސިއްހީ ފަރުވާއަށް އަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ލިމިޓް ކަނޑައެޅިފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ލިމިޓްތައް ނަހަމަގޮތުގައި ބޭނުންކުރާކަން އެ ބޭންކަށް ފާހަގަކުރެވިފައިވާ ކަމަށާއި،އެގޮތުން ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަގާވާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދިނުމާއި އެގޭ ތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރުފައިސާ ހޯދުމަށްޓަކައި ވަކި މާޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުއާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވާ ކަމަށް އެބީއެމްއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުން ވެސް ހިމެނޭ ކަމަށް އެ ބޭންކް އިން ވަނީ ބުނެފައެެވެ.

މީގެއިތުރުން، މިގޮތަށް ތިންވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެއް ކަމަށާއި،އަދި  ޕާސަނަލް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށްވެސް އެ ބޭންކް އިން ވަނީ ބުނެފައެެވެ.

ބީއެމްއެލް އިން ވަނީ މިގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާޗެންޓްތަކުގައި މުޢާމަލާތް ނުކުރެވޭގޮތް ހެދުންފަދަ ފިޔަވަޅުތައް ބޭންކުން އަޅަންޖެހިދާނެކަމަށްވެސް ބުނެފައެވެ.

ބީއެމްއެލް އިން ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ބޭރުފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާއިރު، ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭނީ، ނަހަމަގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާ އަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 860 މިލިޔަން ޑޮލަރަށް އަރާ: ޝަރީފުޚަބަރު | ދުވަހެއް ކުރިންޒުވާނުންނަށް 150،000 ރުފިޔާ ލިބޭ ލޯނެއް ބީއެމްއެލް އިން ތައާރަފުކޮށްފިޚަބަރު | 2 ދުވަސް ކުރިންބީއެމްއެލްގެ ހިދުމަތް އިތުރު ހަތް ރަށަކަށް ފުޅާކޮށްފިޚަބަރު | 2 ދުވަސް ކުރިންޓެކްސް ދައްކާ ފަރާތްތަކަށް ބީއެމްއެލް މެދުވެރިކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކޮށްފިވިޔަފާރި | 9 ދުވަސް ކުރިން