logo
Bank of Maldives

Bank of Maldives

ޚަބަރު

އާ އަހަރަށް ބޭންކުތަށް ބަންދުވިޔަސް ޚިދުމަތް ލިބޭނެ: ބީއެމްއެލް

އައިޝަތު ނަޝާ
28 ޑިސެމްބަރު 2025 - 06:44
އާ އަހަރަށް ބޭންކުތަށް ބަންދުވިޔަސް ޚިދުމަތް ލިބޭނެ: ބީއެމްއެލް

އައު އަހަރާ ދިމާކޮށް 4 ދުވަހަށް ބޭނުްކުތަށް ބަންދުވިނަމަވެސް ބޭންކިންގ ގެ ޚިދުމަތް ލިބޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އައު އަހަރާ ދިމާކޮށް މިމަހުގެ 31 ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 3 އަކާ ހަމައަށް އެމްއެމްއޭ އާ ބޭންކްތަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.އެމްއެމްއޭ އާއި ބޭންކްތަށް ދެން ހުޅުވާނީ 4 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދުވަސްތަކުގައި އިންޓަނެޓް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގ އަދި އޭޓީއެމް މެދުވެރިކޮށް ހުރިހާ ބޭންކިންގ ޚިދުމަތެއް ލިބޭނެ ކަމަށާއި،އަދި ކޮންޓެކްޓް ސެންޓަރގެ ނަންބަރު 3330200 އާއި ވެބްޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ކޮންމެ އަހަރެއްގެ ނިމުމާއިއެކު ބޭންކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމަށް ޑިސެންބަރުމަހުގެ ފަހު ހަފްތާގައި ބޭންކުތައް ބަންދުކުރެއެވެ. ބޭންކު ބަންދުކުރިނަމަވެސް ބީއެމްއެލް އަދި އެމްއައިބީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައި ހުރި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބޭންކުން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަދު ދުވަސްކޮޅެއްތެރޭ އައްޑޫއިން ސްވައިޕަށް ބޮޑު ތަރުހީބެއްވިޔަފާރި | 7 ދުވަސް ކުރިންއައްޑޫ ސިޓީގެ އިޤްތިޞާދު ބަދަލުކުރުމަށް ސްވައިޕްގެ ދައުރު މުހިންމު: އިހްސާންޚަބަރު | 7 ދުވަސް ކުރިންބީއެމްއެލްގެ "ސްވައިޕް" އައްޑޫ ސިޓީއަށް ތައާރަފުކޮށްފިވިޔަފާރި | 7 ދުވަސް ކުރިންދަފުތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ލޯނު ދޫކޮށްފިޚަބަރު | 9 ދުވަސް ކުރިން