logo
Bank of Maldives

Bank of Maldives

ވިޔަފާރި

މަދު ދުވަސްކޮޅެއްތެރޭ އައްޑޫއިން ސްވައިޕަށް ބޮޑު ތަރުހީބެއް

އިސްމާޢިލް ރާތިޢު
12 މާރިޗު 2026 - 06:41
މަދު ދުވަސްކޮޅެއްތެރޭ އައްޑޫއިން ސްވައިޕަށް ބޮޑު ތަރުހީބެއް

ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަޢާރަފުކޮށްފައިވާ ޑިޖިޓަލް ވޮލެޓް، ސްވައިޕަށް، މަދު ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫ އިން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

އައްޑޫއަށް ސްވައިޕްގެ ހިދުމަތް ތައާރަފުކުރުމުގެ ގޮތުން، އައްޑޫ ހިތަދޫ ސްކޫލްގެ ހޯލުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާންއެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް އައްޑޫ ސިޓީގެ އިޤްތިޞާދު ބަދަލުކުރުމަށް ސްވައިޕްގެ ދައުރު މުހިންމު ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، މި ޑިޖިޓަލް ވޮލެޓަކީ ކޮންމެ އާންމު ރައްޔިތަކަށްވެސް އަދި ވަކިން ޚާއްޞަކޮށް ވިޔަފާރިތަކަށް ވަރަށް މުހިންމު އެއްޗެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. އަދި ސްވައިޕް ތަރައްޤީ ކޮށްފައިވަނީ އައްޑޫގެ ރައްޔިތަކަށް ވުމަކީ ލިބޭ ފަޚުރެއް ކަމަށާއި ދުނިޔޭގެ ނިސްބަތުން ބަލާއިރު މި ވޮލެޓަކީ އެންމެ ވަރުގަދަ ޕޭމަންޓް ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭނެ ވޮލެޓެއް ކަމަށްވެސް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާގައި ވަޒީރު އަލީ އިހްސާންގެ އިތުރުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވެސް ވާހަކަދައްކަވާފައި ވެއެވެ. އެގޮތުން، ސީއީއޯގެ ވާހަކަފުޅުގައި ވަނީ ސްވައިޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވޭނެ ކަމަށާއި ކޮންމެ ގައުމަކުން ވެސް އެ މީހުންގެ މަލްޓި ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ދުނިޔޭ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެކަން ވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.

ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސްވައިޕް މެދުވެރިކޮށް ކަސްޓަމަރުން ފައިސާ ދެއްކުމުން ވަގުތުން އެ ވިޔަފާރިއަކަށް ފައިސާ ޖަމާވާނެއެވެ. މީގެ ނަތީޖާއަކީ، އެއީ ބަންދު ދުވަހެއް ކަމަށް ވިޔަސް ސްވައިޕް މެދުވެރިކޮށް ތަނަކަށް ފައިސާ ދައްކައިފިނަމަ އެ ފައިސާއެއް ވަގުތުން ޖަމާވުން ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ސްވައިޕަކީ ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ ރަސްމީ ވޮލެޓް ކަމާއި، ރާއްޖެ އަންނަ ފަތުރުވެރިން އެހެން ވޮލެޓުތަކާއި ކްރެޑިޓް ކާޑުން ފައިސާ ދައްކާއިރު މިހާރު 2.5 ޕަސެންޓަށް ވުރެ މަތިން ކޮމިޝަން ނެގި ނަމަވެސް ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ނަގާނީ އެންމެ ޕަސެންޓެއް ކަމަށް ސީއީއޯ ވިދާޅުވިއެވެ.

މި ވޮލެޓަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމަކަށްވުމާ އެކުއެކީ، މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްކަން ސީއީއޯގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސްވައިޕް ޑިޖިޓަލް ވޮލެޓަކީ ދިވެހީން އުފައްދާ، ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ވޮލެޓު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތަކަށް، ވިޔަފާރިތަކުން ނަގާނީ އެންމެ 1% ފީއެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ.

ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެއެވެ.  އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. މި ވޮލެޓުގެ މައިގަނޑު ފީޗަރތަކުގެ ތެރޭގައި، ޕަރސަން ޓު ޕަރސަން ޓްރާންސްފަރ ތަކާއި ކިއުއާރް ޕޭމަންޓް އަދި އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސް ހިސާބުތައް އަމިއްލައަށް ބަލާލެވޭނެ ގޮތާއި، ޕޭމަންޓް ލިންކު ޝެއާކޮށް، ފަސޭހައިން ޓޮޕް އަޕްކޮށް ފައިސާ ނެގުން ފަދަ ޚިދުމަތްތައް ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަދު ދުވަސްކޮޅެއްތެރޭ އައްޑޫއިން ސްވައިޕަށް ބޮޑު ތަރުހީބެއްވިޔަފާރި | 2 ގަޑިއިރު ކުރިންއައްޑޫ ސިޓީގެ އިޤްތިޞާދު ބަދަލުކުރުމަށް ސްވައިޕްގެ ދައުރު މުހިންމު: އިހްސާންޚަބަރު | 2 ގަޑިއިރު ކުރިންބީއެމްއެލްގެ "ސްވައިޕް" އައްޑޫ ސިޓީއަށް ތައާރަފުކޮށްފިވިޔަފާރި | 2 ގަޑިއިރު ކުރިންދަފުތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ލޯނު ދޫކޮށްފިޚަބަރު | 2 ދުވަސް ކުރިން