logo
Bank of Maldives

Bank of Maldives

ޚަބަރު

ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ލޯނު ދޫކޮށްފި

މުޙައްމަދު އަފްރާޙް
10 މާރިޗު 2026 - 07:13
ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ލޯނު ދޫކޮށްފި

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 89 މަސްވެރިއަކަށް ލޯނު ދޫކޮށްފި އެވެ.

މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި ލޯނު ލިބޭގޮތް ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިން ލޯނު ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލޯނު ދޫކުރަން ފެށިފަހުން މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 89 މަސްވެރިއަކަށް ވަނީ ލޯނު ދީފަ އެވެ. މި ލޯނުތައް ދޫކުރަމުން ދަނީ، ބީއެމްއެލް މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާޞިލުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި އައު އިންތިޒާމުގެ ދަށުން، ޝަރުޠު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވެ 300,000 (ތިން ލައްކަ) ޗރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގ ލިބޭނެއެވެ.

މުޢައްސަސާތަކާއި، ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ މާލީ އެހީތެރިކަން ނިޒާމީގޮތެއްގައި މަސްވެރިންނަށް ހޯދާދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތެވެ. އެގޮތުން މިމަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްވެރިންގެ ޤައުމީ ދަފްތަރެއް ވަނީ އިފްތިތާހުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ކޮޅަށް ޖެހުމަށް''ޚަބަރު | 4 ދުވަސް ކުރިންފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދިޔަ މަސްރޭސް ނިމިއްޖެޚަބަރު | 4 ދުވަސް ކުރިންކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީން ކުރިއަށްގެންދާ މަސްރޭސް ފަށައިފިޚަބަރު | 4 ދުވަސް ކުރިންނެޓްބޯޅަ އެސޯސިއޭޝަނުގެ މުބާރާތްތަކަށް ބީއެމްއެލް އިން އެހީތެރިވަނީޚަބަރު | 9 ދުވަސް ކުރިން