logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ސިޓީގެ އިޤްތިޞާދު ބަދަލުކުރުމަށް ސްވައިޕްގެ ދައުރު މުހިންމު: އިހްސާން

މުޙައްމަދު އަފްރާޙް
12 މާރިޗު 2026 - 06:12
އައްޑޫ ސިޓީގެ އިޤްތިޞާދު ބަދަލުކުރުމަށް ސްވައިޕްގެ ދައުރު މުހިންމު: އިހްސާން

ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް އައްޑޫ ސިޓީގެ އިޤްތިޞާދު ބަދަލުކުރުމަށް ސްވައިޕްގެ ދައުރު މުހިންމު ކަމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބީއެމްއެލް އިންޓަނޭޝަނަލް ވޮލެޓް ސްވައިޕް އައްޑޫސިޓީއަށް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ރަސްމިއްޔާތުގައި ވަޒީރު ވަނީ މި ޑިޖިޓަލް ވޮލެޓަކީ ކޮންމެ އާންމު ރައްޔިތަކަށްވެސް އަދި ވަކިން ޚާއްޞަކޮށް ވިޔަފާރިތަކަށް ވަރަށް މުހިންމު އެއްޗެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ސްވައިޕް ތަރައްޤީ ކޮށްފައިވަނީ އައްޑޫގެ ރައްޔިތަކަށް ވުމަކީ ލިބޭ ފަޚުރެއް ކަމަށާއި ދުނިޔޭގެ ނިސްބަތުން ބަލާއިރު މި ވޮލެޓަކީ އެންމެ ވަރުގަދަ ޕޭމަންޓް ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭނެ ވޮލެޓެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ސްވައިޕް އެންމެ ފުރަތަމަ ތަޢާރަފްކުރާ އަތޮޅަކަށް އައްޑޫ ސިޓީ ވުމަކީ އެ ސިޓީގެ ރައްޔިތުންނަށް ލިބޭ އުފަލެއްކަން ފާހަގަކުރައްވާ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ބައެއް ޕްލޭންތަކަށް ކޮންމެހެންވެސް ބޭނުންވާ އެއް ސްޓްރެންތަކީ މިހާރު މިއޮތް ކޮންޓެކްޓްލެސް އަދި ކޭސްލެސް ޕޭމަންޓްތަކުގެ ނިޒާމް އައުންކަމަށެވެ. އަދި މި ތައާރަފްކުރެވިގެންދަނީ އެ ނިޒާމް ކަމަށްވާތީ، ދިވެހިރާއްޖެ ޑިޖިޓަލް މޯލްޑިވްސް ވިޝަނެއްގެ ދަށުން ރާއްޖެ ބައްޓަން ކުރައްވަމުން ގެންދަވާއިރު، ދިވެހިންގެ ހުރިހައި އެންމެން އިޤްތިޞާދުގެ ތެރޭގައި އިންކްލޫސިވްކޮށް ހިމެނިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ހޯމް ލޭންޑް ވަޒީރު ވަނީ އެންމެންގެ އިންކްލޫޝަންއަށްޓަކައި މިފަދަ މާލީ ނިޒާމްތައް އައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ހަމައެއާއިއެކުގައި ފައިސާގެ ސަލާމަތާއި ޔަޤީންކަން ކަށަވަރުވެފައި އޮންނަ ނިޒާމެއް އޮތުމަކީ، އަބަދުވެސް އިޤްތިޞާދެއްގައި އެންމެ ބޮޑަށް ފައިސާ ދައުރު ވަމުންދާއިރުގައި އެކަމަކަށް އާންމުން ބަލާނެ ކަމެއް ކަމުގައި ވެސް ވިދާޅުވެފައެވެ.

ސްވައިޕަކީ، ދިވެހީން އުފައްދައި ތަރައްޤީ ކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ، ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަޤުވާމީ ޝަރުތުތަކާއި، މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެއެވެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަދު ދުވަސްކޮޅެއްތެރޭ އައްޑޫއިން ސްވައިޕަށް ބޮޑު ތަރުހީބެއްވިޔަފާރި | ގަޑިއިރެއް ކުރިންއައްޑޫ ސިޓީގެ އިޤްތިޞާދު ބަދަލުކުރުމަށް ސްވައިޕްގެ ދައުރު މުހިންމު: އިހްސާންޚަބަރު | ގަޑިއިރެއް ކުރިންބީއެމްއެލްގެ "ސްވައިޕް" އައްޑޫ ސިޓީއަށް ތައާރަފުކޮށްފިވިޔަފާރި | 2 ގަޑިއިރު ކުރިންދަފުތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ލޯނު ދޫކޮށްފިޚަބަރު | 2 ދުވަސް ކުރިން