logo
Bank of Maldives

Bank of Maldives

ޚަބަރު

ނެޓްބޯޅަ އެސޯސިއޭޝަނުގެ މުބާރާތްތަކަށް ބީއެމްއެލް އިން އެހީތެރިވަނީ

އައިޝަތު އިނާޝާ
15 ޖޫން 2026 - 10:17
ނެޓްބޯޅަ އެސޯސިއޭޝަނުގެ މުބާރާތްތަކަށް ބީއެމްއެލް އިން އެހީތެރިވަނީ

ބޭންކް އޮފް މޯލްޑިވްސް އިން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ. 

ބީއެމްއެލް އިން ބުނިގޮތުގައި ތިން އަހަރުގެ މި އެއްބަސްވުމުގެ ދަށުން، ނެޓްބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވާ އިންޓަރސްކޫލް ނެޓްބޯލް ޓޯނަމެންޓް (ބީއެމްއެލް ރާއްޖެ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް) އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓްއަށް ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް އަމާޒުކޮށްގެން ނެޓްބޯލް އެސޯސިއޭޝަނުން މިފަދަ މުބާރާތްތައް ގަވާއިދުން ބާއްވައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ފުޓްބޯލް އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަން، ސަރފިންގ އެސޯސިއޭޝަން، ޓެނިސް އެސޯސިއޭޝިއަންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިމެނެއެވެ.  

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޓްބޯޅަ އެސޯސިއޭޝަނުގެ މުބާރާތްތަކަށް ބީއެމްއެލް އިން އެހީތެރިވަނީޚަބަރު | 2 ގަޑިއިރު ކުރިންބީއެމްއެލް އިން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއްޚަބަރު | ދުވަހެއް ކުރިންބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އާދީއްތަ ދުވަހަށް ހަމަވާނެޚަބަރު | 6 ދުވަސް ކުރިންބީއެމްއެލްގެ ކުރިމަގު އޮތީ 'ސްޓޭބަލް' ހާލަތެއްގައި: ފިޗްވިޔަފާރި | 7 ދުވަސް ކުރިން