logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބީއެމްއެލްގެ ކުރިމަގު އޮތީ 'ސްޓޭބަލް' ހާލަތެއްގައި: ފިޗް

އައިޝަތު ނަޝާ
8 ޖޫން 2026 - 04:15
ބީއެމްއެލްގެ ކުރިމަގު އޮތީ 'ސްޓޭބަލް' ހާލަތެއްގައި: ފިޗް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރިމަގު އޮތީ ސްޓޭބަލް ހާލަތެއްގައި ކަމަށް ފިޗް ރޭޓިންގްސްއިން ބުނެފިއެވެ.

ފިޗުން ބީއެމްއެލްގެ 'ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް' (އައިޑީއާރު) އަށް 'ސީސީސީ-' އެއް ދީފައިވާއިރު، ބޭންކުގެ އަމިއްލަ މާލީ ހާލަތު ވަރުގަދަކަން ފާހަގަކޮށް، ރާއްޖޭގެ ސޮވްރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތިން 'ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު' އަށް 'ސީސީސީ+'އެއް ވަނީ ކަނޑައަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފިޗް ރޭޓިންގްސްއިން ބީ.އެމް.އެލް އަށް ދީފައިވާ ކްރެޑިޓް ރޭޓިންގްއާއެކު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ވަރުގަދަކަމާއި ރާއްޖޭގެ އިގުތިސާދީ ކުރިއެރުމާ މެދު އުއްމީދީ މެސެޖެއް ލިބިފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ބޭންކުގެ ރިސްކް މެނޭޖްމަންޓްގެ ހަރުދަނާކަމާއި، ޑިވިޑެންޑް ދިނުމުގައި ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ބޭންކުގެ ރައުސުލްމާލު ވަރުގަދަކޮށް ހުރިކަން ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކަށް ވަނީ ބޮޑު އެހީތެރިކަމެއް ލިބިފައިކަމަށެވެ.

މި ރޭޓިންގް ދީފައިވަނީ 3 ޖޫން 2026 ގައި ރާއްޖޭގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް މަތިކުރުމާ ގުޅިގެންނެވެ. ދައުލަތުގެ ރޭޓިންގް ރަނގަޅުވެފައިވަނީ، އާމްދަނީ އިތުރުކުރުމަށް ގެނެވުނު އިސްލާހުތަކާއި ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އޭޕްރީލް 2026 ގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެންނެވެ.

ބީއެމްއެލްއަށް ލިބުނު މި ރޭޓިންއަކީ ރާއްޖޭގެ މާލީ ނިޒާމުގައި އެ ބޭންކުން އަދާކުރާ މުހިންމު ދައުރަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. ބީއެމްއެލްގެ މާކެޓް ހިއްސާ ބޮޑުވުމާއި، މުޅި ރާއްޖެއަށް ފެތުރިފައިވާ ޚިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގް ނިޒާމުގެ އިތުރުން، ރަނގަޅު އާމްދަނީއެއް ލިބޭ ބޭންކެއްގެ ގޮތުގައި ފިޗުން ވަނީ ފާހަގަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ ކުރިމަގު އޮތީ 'ސްޓޭބަލް' ހާލަތެއްގައި: ފިޗްވިޔަފާރި | 2 ގަޑިއިރު ކުރިންސަބްސްކްރިޕްޝަންތަކަށް ފައިސާ ނުދެއްކޭނަމަ އެކަން ހައްލުކޮށްދޭނަން: ބީއެމްއެލްވިޔަފާރި | 3 ދުވަސް ކުރިންބީއެމްއެލްގެ ސުކޫކްގެ މަޤްސަދަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: މާލީ ވަޒީރުވިޔަފާރި | 5 ދުވަސް ކުރިންމި މަސް ނިމޭއިރު ބީއެމްއެލްގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް ބޮޑު ލުޔެއް!ޚަބަރު | 7 ދުވަސް ކުރިން