logo
MPL

MPL

ވިޔަފާރި

ބީއެމްއެލްގެ ސުކޫކްގެ މަޤްސަދަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: މާލީ ވަޒީރު

ބީއެމްއެލްގެ ސުކޫކްގެ މަޤްސަދަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: މާލީ ވަޒީރު

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ގެ ސުކޫކްގެ މަގްސަދަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަކީ، ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް އިގްތިސާދީ ކުރިއެރުން ހޯދުމަށް، ހާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށްގެން، ދިވެހި ސަރުކާރާއި ބީއެމްއެލްސ ގުޅިގެން ރާވާފައިވާ މަޝްރޫއެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝްފްލޯގެ ބޭނުންތައް ފުއްދުމަށް ބޭނުންކުރަން ނިންމާފައިވާ ފައިސާއެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މެކްރޯ-ފިސްކަލް ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޮޑު ބާރަކަށް އެސުކޫކު ވެގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ވަރަށް ސާފު ސިޔާސަތެއް ކަމަށެވެ. އެގޮތުން އެއީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ރަނގަޅު އާމްދަނީއެއް ލިބޭނެ ވަޒީފާގެ ފުރުސަތުތައް އުފައްދައިގެން، ދައުލަތުގެ މާލީ ހަމަޖެހުމާއި ދަރަނި އަދާކުރުމުގެ ގާބިލުކަން ވަރުގަދަކުރުން ކަމަށެވެ.

ހަމަމިއާއެކު ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމަކީ، ސަރުކާރުން ރާވާފައިވާ މާލީ އިސްލާހުތަކާއި އިގްތިސާދީ ފިޔަވަޅުތަކަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރާއި ބަލައިގަތުން ލިބެމުންދާކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.

ފިޗް ރޭޓިންސްއިން ވަނީ ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން' 'ސީސީ އިން 'ސީސީސީ-'އަށް މަތިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

25,000ރ. ގެ އިނާމާއެކު ބީއެމްއެލްގެ "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން ފަށައިފިވިޔަފާރި | 4 ދުވަސް ކުރިންއެސްއެމްއީތަކަށް ޑޮލަރުން ފައިސާ ލިބޭ ބީއެމްއެލް ޕޭމަންޓް ގޭޓްވޭއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިވިޔަފާރި | 4 ދުވަސް ކުރިންޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިވިޔަފާރި | 4 ދުވަސް ކުރިން2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިޚަބަރު | 7 ދުވަސް ކުރިން