logo
MPL

MPL

ވިޔަފާރި

25,000ރ. ގެ އިނާމާއެކު ބީއެމްއެލްގެ "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން ފަށައިފި

އައިޝަތު އިނާޝާ
1 ނޮވެމްބަރު 2026 - 12:46
25,000ރ. ގެ އިނާމާއެކު ބީއެމްއެލްގެ "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން ފަށައިފި

ބޭންކް އޮފް މޯލްޑިވްސްއިން "ސްވައިޕް. ސްޕެންޑް. ވިން." ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް 'ސްވައިޕް' ވޮލެޓުން ފައިސާ ދެއްކުމުން އިނާމު ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެންބަރުން ފެށިގެން 1 ޑިސެންބަރު 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި، މި ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓްތަކުން ވިޔަފާރިކޮށް، ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނެގުމުގެ އިތުރުން، ޕްރޮމޯޝަން ނިމުމުން ހޮވޭ އިނާމުގެ ނަސީބުވެރިޔާއަށްވެސް 25,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ހަފުތާއަކު ހޮވޭ ފަސް ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. ޖުމްލަ ހަތަރު ހަފުތާގެ މަތިން ނެގޭ ގުރުއަތުލުންތަކުގައި 20 ފަރާތަކަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މީގެއިތުރުން، ހަފުތާގެ ނަސީބުވެރިންނަށްވެސް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުމުގައާއި ގްރޭންޑް ޕްރައިޒް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، ބައިވެރިވާ މާޗަންޓެއްގެ އަތުން ސްވައިޕް ބޭނުންކޮށްގެން އެއްފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ކޮށްގެންނެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި، ބައިވެރިވާ މާޗަންޓުންގެ ލިސްޓު ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/Swipe-promotion އިން ލިބެން ހުންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

25,000ރ. ގެ އިނާމާއެކު ބީއެމްއެލްގެ "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން ފަށައިފިވިޔަފާރި | ގަޑިއިރެއް ކުރިންއެސްއެމްއީތަކަށް ޑޮލަރުން ފައިސާ ލިބޭ ބީއެމްއެލް ޕޭމަންޓް ގޭޓްވޭއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިވިޔަފާރި | 2 ގަޑިއިރު ކުރިންޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިވިޔަފާރި | 8 ގަޑިއިރު ކުރިންބޯހިޔާވަހިކަމުގެ އިކުއިޓީ ދައްކަން ދަތިވި މައްސަލައަށް ސަރުކާރުން ހައްލެއް ގެނެސްދީފިޚަބަރު | 14 ދުވަސް ކުރިން