ބީއެމްއެލްގެ "ސްވައިޕް" އައްޑޫ ސިޓީއަށް ތައާރަފުކޮށްފި
12 މާރިޗު 2026 - 05:54
.jpeg&w=3840&q=75)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ސްވައިޕް" އައްޑޫ ސިޓީއަށް ތައާރަފުކޮށްފިއެވެ.
އިންޓަނޭޝަނަލް ވޮލެޓް، ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

Ad by Hajj Corporation
ބީއެމްއެލުން އައްޑޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސުވައިޕް އައްޑޫއަށް ތައާރަފުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.
ބީއެމްއެލުން ބުނެފައިވަނީ އެ ވޮލެޓަކީ ޒުވާނުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު، ކްރޮސްބޯޑާ ޓްރާންސެކްޝަންތައް ހިންގުމަށް ބޭނުން ކުރެވޭނެ ވޮލެޓެއް ކަމަށެވެ. އެ ވޮލެޓުގެ ސަބަބުން ހަރަދު ކުޑަކޮށް، ބޭރު ފައިސާ ރާއްޖެއަށް ގެނައުމަށް އެހީތެރިވެދީ އަދި ބޭރު ފައިސާ ހޯދުމަށް ހުރި ދަތިތައްވެސް ކުޑަވެގެންދާނެ ކަމަށެވެ.
ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެންވެސް "ސްޕައިޕް" ބޭނުން ކުރެވޭނެ ކަމަށާއި އެއްވެސް ފީއަކާ ނުލައި ކޮންމެ ގައުމަކުންވެސް ވަގުތުން ފައިސާ ލިބޭނެކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.
"ސްވައިޕް" އަކީ 100 ޕަސަންޓު ދިވެހި އުފެއްދުމެއް ކަމަށާއި އެއީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތަކާ އެއް ފެންވަރުގެ އުފެއްދުމެއްކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.


