logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލްގެ ފަންޑްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފި

އައިޝަތު ނަޝާ
3 މޭ 2026 - 11:17
ބީއެމްއެލްގެ ފަންޑްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފި

2025 ވަނަ އަހަރު ބީއެމްއެލް ބޭންކް ފަންޑް ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) އިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިންގ ލެބް އިތުރަށް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފިއެވެ.

މި ދެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ސްކިލްސް އާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ޓްރެއިނިންގ ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށްކަމަށް ބިއެމްއެލް އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުުރުން މި ސްކޫލުގައި ގާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާއެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގައެވެ. މި ސްޓޫޑިއޯގައި ސްކޫލުގެ ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ.

undefined

 

މި ޕްރޮޖެކްޓްގެ ދަށުން ފޭލި ޖަމިއްޔާއިން ވަނީ އެ ސްކޫލުގައި ކުރިން ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިންގ ލެބް އިތުރަށް ތަރައްގީ ކޮށްދީފައެވެ. އެގޮތުން އެ ތަނުގައި ކާޕެންޓްރީ ބައެއް ހިމަނައި، އެތަން ފަރުމާކޮށްފައިވަނީ ބޭނުންވާ ވަޑާން ސާމާނާއި ބެޓެރީ ޕަވާޑް އިލެކްޓްރިކް  ޓޫލްތަކާއި ސަލާމަތީ އިކުއިޕްމެންޓްވެސް ހިމަނައިގެންނެވެ. އަދި އެ ލެބްގައި ފެހުމުގެ ބައެއް ތަރައްގީކޮށް، އެތަން ފަރުމާކޮށްފައި ވަނީ ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީގެންނެވެ.

WhatsApp Image 2026-05-03 at 3.19.24 PM (1).jpeg

 

ވޮކޭޝަނަލް ލެބްގެ ހަރަކާތްތަކަށް ދަރިވަރުންނަށް ބޭނުންވާ ޓްރެއިނިންގ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަޔްތަކަށް މުޖުތަމަޢުގެ ކުރިއެރުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ބީއެމްއެލްއިން ހުޅުވާލާ ގްރާންޓެކެވެ. މި ގްރާންޓުން ހޮވޭ 5 ޖަމިއްޔާއަކަށް ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާގެ އެހީ ބިއެމްެެލް އިން ފޯރުކޮށްދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ ފަންޑްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން ބީއެމްއެލްއިން އެސްއެމްޔޫ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 3 ދުވަސް ކުރިންގަސްތައް ކަނޑަން ޖެހޭތީ،ވިލިމާލޭގެ ފްލެޓް ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރަނީ!ޚަބަރު | 7 ދުވަސް ކުރިންފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހޯމް ފައިނޭންސިންގއެއް ޚަބަރު | 10 ދުވަސް ކުރިން