logo
ދުނިޔެ

ކަފާލާތުގެ ދަށުން ރަނިލް ވިކްރަމަސިންހަ ދޫކޮށްލައިފި

އަޙްމަދު ޒަލީފް
26 އޯގަސްޓު 2025 - 14:38
ކަފާލާތުގެ ދަށުން ރަނިލް ވިކްރަމަސިންހަ ދޫކޮށްލައިފި

ޖަލުގައި ހުންނެވި ސްރީ ލަންކާގެ ކުރީގެ ރައީސް، ރަނިލް ވިކްރަމަސިންހަ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ސްރީ ލަންކާގެ ފުލުހުންގެ މައި ތަޙުޤީޤީ އިދާރާ، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވިކްރަމަސިންހަ ހައްޔަރުކޮށްފައި ވަނީ އޮގަސްޓު މަހުގެ 22ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމަ އެ ދުވަހު، އެ ޤައުމުގެ ކޯޓަކުން ވަނީ އޭނާ ހަތަރު ދުަވަހަށް ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހައިފައެވެ. ކޯޓުން ވަނީ އޮގަސްޓު މަހުގެ 26ވަނަ ދުވަހާ ހަމައަށް އޭނާ ޖަލުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ވިކްރަމަސިންހަ ހައްޔަރުކޮށްފައި ވަނީ، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ތުހުމަތުގައެވެ. ސީއައިޑީން ތަޙުޤީޤު ކުރަމުން ދަނީ، ރައީސް ކަމުގެ މަޤާމުގައި ވިކްރަމަސިންހަ ހުންނެވިއިރު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކާ ގުޅޭ މައްސަލައެއްގައެވެ. އޭނާ ހައްޔަރު ކުރި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ސްރީ ލަންކާގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފްސީއައިޑީ)އަށް ހާޒިރުވެ ވަޑައިގަންނަވައި، ތަޙުޤީޤަށް ބޭނުންވާ ބަޔާނެއް ދެއްވާފައެވެ.

ބަންދާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އޮގަސްޓް 26ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ކޮލޮމްބޯ ފޯޓް މެޖިސްޓްރޭޓް ނިލުޕުލި ލަންކަޕޫރާ ކޯޓުން ނިންމީ ކަފާލާތުގެ ދަށުން ވިކްރަމަސިންހަ ދޫކޮށްލުމަށެވެ. އެއީ ކަފާލާތުގެ ގޮތުގައި ޖުމްލަ 15 މިލިޔަން ސްރީލަންކަން ރުޕީސް ދައްކާ ގޮތަށެވެ.

ޞިއްޙީ ޙާލަތު ހުންނެވި ގޮތުން އަޑުއެހުމަށް ވިކްސަމަސިންހަ ބައިވެރިވެވަޑައިގެންފައި ވަނީ ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލުގައި ހުންނަވައި ޒޫމް މެދުވެރިކޮށެވެ. އޭނާ އެ ހަސްފަތާލަށް ގެންގޮސްފައި ވަނީ، ހައްޔަރުކުރި ދުވަހު ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތިވުމާ ގުޅިގެން ޖަލުގައި ހުންނަ ހަސްފަތާލުގައި އެނދުމަތިކުރުމަށް ފަހު، އެ ހަސްފަތާލުގައި ނުދެވޭ ޚާއްޞަ ފަރުވާއެއް ދޭން ޖެހޭ ކަމަށް ޑޮކްޓަރުން ނިންމުމާ ގުޅިގެންނެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނީ މައްސަލައާ ގުޅުންހުރި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ވުލްވަރހެޕްޓަނުން ބޭއްވި ހަފްލާއަަކަށް ހާޒިރުވެވަޑައިގަތުމަށް ވިކްރަމަސިންހައަށް އެ ޔުނިވަސިޓީއިން ދީފައިވާ ދައުވަތުގެ ސައްހަކަމާމެދު ސުވާލުއުފެދޭ ކަމަށެވެ. ނަމަވެސް ވިކްރަމަސިންހަގެ ވަކީލުން ފާހަގަކުރި ގޮތުގައި ރައީސް އޮފީހުގެ އިންޓަރނަލް އޯޑިޓަރަކަށް އެ މައްސަލަ ނުބެލޭނެއެވެ.

އޭގެ ބަދަލުގައި އެ ފަދަ މައްސަލަތައް ބެލޭނީ ޤައުމީ އޯޑިޓު އިދާރާއަށް ކަމަށް ވަކީލުން ފާހަގަކޮށްފައިވެއެވެ. އެ އިދާރާއިން އެ މައްެސަލަ ބެލިއިރު، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމުގެ ހެއްކެއް ފެނިފައި ނުވާ ކަމަށް ވަކީލުން ވަނީ ބުނެފައެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް ރަނިލް އަދިވެސް އޮންނެވީ އައިސީޔޫގައި ދުނިޔެ | 2 ދުވަސް ކުރިންކަފާލާތުގެ ދަށުން ރަނިލް ވިކްރަމަސިންހަ ދޫކޮށްލައިފިދުނިޔެ | 4 ދުވަސް ކުރިން