މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން އަންނަ ނޭޕާލު މީހެއް

27 އޯގަސްޓު 2025 - 18:43

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން އަންނަ ނޭޕާލު މީހެއް ކަމަށް ފުލުހުން ބުދަ ދުވަހުގެ ރޭ ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މަރުވެފައި އޮއްވާ ފެނިފައިވަނީ 2025 އޯގަސްޓް 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ނޭޕާލަށް ނިސްބަތްވާ ރުޕަން ތަޕާ މަގަރު (29 އަހަރު) ކަން ފޮރެންސިކް ތަހުލީލުތަކުން ވަނީ ކަށަވަރު ކުރެވިފައެވެ.

Ad by Hajj Corporation
މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ތަހުގީގުތަކުން، މިހާތަނަށް ބެލި ބެލުމުން ރުޕަން ތަޕާ މަގަރު މަރުވުމުގައި އެއްވެސް ފަރާތަކަށް ތުހުމަތު ކުރެވޭ ފަދަ ހެއްކެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން މައްސަލަ ތަހްގީގުކުރަން ފަށާފައިވާކަން ފުލުހުން ހާމަކުރީ 25 އޯގަސްޓް 2025 ގައެވެ.