logo
ޚަބަރު

މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

އާމިނަތު ޝަފާ
31 އޯގަސްޓު 2025 - 04:42
ރައީސް މެލޭޝިއާގެ ބޮޑުވަޒީރާއެކު/ ފޮޓޯ: ރައީސް އޮފީސް
ރައީސް މެލޭޝިއާގެ ބޮޑުވަޒީރާއެކު/ ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއަވައިފިއެވެ.

މިދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މިއަހަރުގެ އޭޕްރީލްމަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ މެސެޖުގައި ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި އޮންނަ ގުޅުން ކުރިއަށް އޮތްތަނުގައިވެސް އިރުރަށް ބަދަހިވެ، އިޤްތިޞާދީގޮތުން އެގުޅުން ފުޅާވެ، ދެޤައުމުގެ ރައްޔިތުންނަށްވެސް އިތުރުފުރުޞަތުތައް ލިބިގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، މެލޭޝިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.

މި މުނާސަބަތާގުޅިގެން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓްގައި، މެލޭޝިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި ޗައިނާއާ ދެމެދު 11 އެއްބަސްވުމެެއްގައި ސޮއިކޮށްފި ޚަބަރު | 9 ގަޑިއިރު ކުރިންޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަނާއާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | 11 ގަޑިއިރު ކުރިންރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓުމަންޓުގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި ޚަބަރު | 15 ގަޑިއިރު ކުރިންނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ޤައުމުތައް ހިމެނުއްވުމަށް ގޮވާލައްވައިފިޚަބަރު | ދުވަހެއް ކުރިން