މަރަދޫ އާއި ދިޔަމިގިލީގައި އަޅާ މިސްކިތުގެ 80% މަސައްކަތް ނިމިއްޖެ

1 ސެޕްޓެމްބަރު 2025 - 12:46

ސަރުކާރުން ސ. މަރަދޫގައި އަޅަމުން އަންނަ މިސްކިތާއި ތ. ދިޔަމިގިލީގައި އަޅާ މިސްކިތުގެ 80% މަސައްކަތް ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ސަރުކާރުން ރަށްރަށުގައި އިމާރާތްކުރަމުން އަންނަ މިސްކިތްތަކުގެ މަސައްކަތުގެ އަދާހަމަ އެ މިނިސްޓްރީގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނުގެ ފަރާތުން ބަލަމުން އަންނަކަމަށެވެ.

Ad by Hajj Corporation
މިގޮތުން އެ މިނިސްޓްރީން މިއަދު ވަނީ އެ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ބައެއް މަޝްރޫޢޫތަކުގެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
އައްޑޫ ސިޓީގެ މަރަދޫގައި އަޅަމުން އަންނަ މިސްކިތް
އިސްލާމިިކް މިނިސްޓްރީން ބުނީ އައްޑޫ ސިޓީގެ މަރަދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ 80% ވަނީ ނިމިފައިވާ ކަމަށެވެ. މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ނިމޭނެކަމަށް ލަފާކުރެވެނީ ޑިސެމްބަރު 2025 ގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މަރަދޫގައި އަޅަމުން އަންނަ މިސްކިތް، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ތ. ދިޔަމިގިލީގައި އަޅަމުން އަންނަ މިސްކިތް
ތ. ދިޔަމިގިލީގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ 80% ނިމިފައިވާއިރު، މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މީގެ އިތުރުން ތ. ކަނޑޫދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ 45% ވަނީ ނިމިފައިކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.