logo
ޚަބަރު

ދިގުރަށު މިސްކިތްގެ މަސައްކަތް ނުހުއްޓޭ، ފަތުރަނީ ދޮގު ވާހަކަތަކެއް: މިނިސްޓަރު ޝަހީމް

އައިމިނަތު މޫސާ
4 ސެޕްޓެމްބަރު 2025 - 06:01
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ބަދަލުވި ފަހުން އދ. ދިގުރަށުގެ މިސްކިތުގެ މަސައްކަތް ހުއްޓިފައިވާކަމަށް ރާއްޖޭގެ މީޑިއާއަކުން ޝާއިއުކޮށްފައިވާ ދޮގު ޚަބަރަކާ ގުޅިގެން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ރައްދުދެއްވައިފިއެވެ.

"ސަރުކާރު ބަދަލުވި ގޮތަށް ދިގުރަށުގައި ތަރައްގީކުރަން ފެށި މިސްކިތުގެ މަސައްކަތް ހުއްޓިފައި"، މި ސުރުހީގެ ދަށުން އެ މީޑިއާއިން ވަނީ މިދިޔަ ހޯމަ ދުވަހު ޚަބަރެއް ޝާއިއުކޮށްފައެވެ. މި ޚަބަރުގައި ބުނެފައިވާ ގޮތުން މިކަމުގެ މައުލޫމާތު ދީފައިވަނީ އދ. ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން އެވެ. އަދި މިސަރުކާރުން ވެރިކަމާ ހަވާލުވިފަހުން އެ ރަށުގެ މިސްކިތުގެ މަސައްކަތް ކުރިއަށް ނުގެންދާކަމަށް ވެސް ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޚަބަރާ ގުޅިގެން ވަޒީރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރު ބަދަލުވިއިރު ދިގުރަށު މިސްކިތް ހުރި މިންވަރަށް ވުރެއް މިސަރުކާރުން ކުރި މަސައްކަތުން މިހާރު ގާތް ގަނޑަކަށް ނިމިފަކަމަށެވެ.

އެ ޚަބަރާ ގުޅިގެ ވަޒީރު ޝަހީމް ވަނީ ދިގުރަށުގެ މަސައްކަތް ގޮސްފައި އޮތް ހިސާބާއި އެ މަސައްކަތަށް ހަރަދުވި ފައިސާގެ ތަފްސީލްތައް އާންމު ކުރައްވައިފައެވެ. އަދި ސަރުކާރު ބަދަލުވިއިރު، ދިގުރަށުގެ މިސްކިތް ހުރި މިންވަރުގެ ފޮޓޯތައް ވަޒީރު ހިއްސާ ކުރެއްވިއެވެ.

އެގޮތުން ވަޒީރު ވިދާޅުވީ މި ސަރުކާރުން ދިގުރަށު މިސްކިތައް މިހާތަނަށް ދެ މިލިއަން ރުފިޔާ ހަރަދުކޮށް، މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި ކުރީ ސަރުކާރުން މިސްކިތް ފެށި އިރު ބީއޯކިޔުގައި މުންނާރެއް ވެސް ނެތްކަން ފާހަގަކުރައްވައި ވަޒީރު އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން ކުރި މަސައްކަތްތަކީ ހަމަ އެކަނި މުންނާރު ތެރޭގައި ހުންނަ ހަރުގަނޑު އެކަނި ބާއްވާފައި އޮތުން ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިހާރު ފިނޭންސް މިނިސްޓްރީން ، މުންނާރު އެޕްރޫވަލް ދީފައިވާ ކަމަށާއި އަމާޒަކީ ވީ އެންމެ އަވަހަކަށް މިސްކިތް ހުޅުވުން ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެ މީޑިއާއިން ވަނީ އެ މީޑިއާގެ އެކްސް އެކައުންޓުން، ވަޒީރު ޝަހީމްގެ އެކްސް އެކައުންޓު "ބްލޮކު" ކޮށްފައެވެ. އެކަމާ ގުޅިގެން ވަޒީރު ވިދާޅުވީ، މިސްކިތާ ބެހޭ ގޮތުން ޝާއިރު ކުރި ޚަބަރަށް ކޮމެންޓެއް ކުރެއްވުމަށް ވަގުތީ ގޮތުން ނަމަވެސް ބްލޮކް ފިލުވާލައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި "މީޑިއާގެ މިނިވަންކަން ނުދީ ތިހެން ހަދަން ނުވާނެ ކަމަށް" ވެސް ޝަހީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުރަށު މިސްކިތްގެ މަސައްކަތް ނުހުއްޓޭ، ފަތުރަނީ ދޮގު ވާހަކަތަކެއް: މިނިސްޓަރު ޝަހީމްޚަބަރު | ދުވަހެއް ކުރިންހުޅުމާލެ ފޭސް 2 ދޭއްގައި 2 މިސްކިތެއް އެޅުމަށް ބިން ހަވާލުކޮށްފިޚަބަރު | 3 ދުވަސް ކުރިންއިސްލާމިކް ގަވަނަންސް ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އިމާމުންނަށް ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިންމަރަދޫ އާއި ދިޔަމިގިލީގައި އަޅާ މިސްކިތުގެ 80% މަސައްކަތް ނިމިއްޖެޚަބަރު | 4 ދުވަސް ކުރިން