logo
ޚަބަރު

ޝަކުވާތައް ހުށަހެޅުމަށް ސިވިލް ސާރވިސްގެ އޮންލައިން ޕޯޓަލް އެއް

އަޙްމަދު ޒަލީފް
2 ސެޕްޓެމްބަރު 2025 - 12:24
ޝަކުވާތައް ހުށަހެޅުމަށް ސިވިލް ސާރވިސްގެ އޮންލައިން ޕޯޓަލް އެއް

ސިވިލް ސަރވިސް ކޮމިޝަނުން, ސިވިލް ސަރވިސްއާ ގުޅޭ އެންމެހައި ޝަކުވާތަކާއި މައްސަލަތައް ހުށަހެޅުމަށް އޮންލައިން ޕޯޓަލްއެއް ތައާރަފުކޮށްފިއެވެ.

އެކޮމިޝަނުން އަންގާރަ ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، "މައިއެކައުންޓު" އަކީ އީ-ފާސް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ވަދެވޭނެ ޕޯޓަލްއެކެވެ. މި ޕޯޓަލްގެ ޔޫއާރުއެލްއަކީ https://myaccount.csc.gov.mv އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންގާރަ ދުވަހުން ފެށިގެން ސިވިލް ސަރވިސްގެ އިދާރާތަކަށާއި ކޮމިޝަނަށް ހުށަހަޅަންޖެހޭ ހުރިހާ ޝަކުވާއެއް ހުށަހަޅަންޖެހޭނީ "މައިއެކައުންޓު" މެދުވެރިކޮށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މި ނިޒާމު ތަޢާރަފުކޮށްފައިވަނީ ޝަކުވާތައް ހުށަހެޅުމުގެ މަރުޙަލާ ފަސޭހަކުރުމަށާއި، މައްސަލަތައް ބެލުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަޤްޞަދުގައެވެ. އަދި މި ނިޒާމު ބޭނުންކުރާނެ ގޮތުގެ ޔޫޒަރ މެނުއަލްއެއްވެސް ވަނީ އާންމުކޮށްފައެވެ.

މި އައު ނިޒާމުގެ ދަށުން، ޝަކުވާ ހުށަހަޅާ ފަރާތްތަކަށް އެ ޝަކުވާއެއްގެ ޕްރޮގްރެސް ބެލުމުގެ އިތުރުން، އެ މައްސަލައަކަށް ދެވޭ ޖަވާބުތައްވެސް ފެންނަން ހުންނާނެއެވެ. އަދި މައްސަލައަކަށް ޖަވާބު ދެވުމުން އެކަން އެސްއެމްއެސްގެ ޒަރީއާއިން ޝަކުވާ ހުށަހެޅި ފަރާތަށް އެންގޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަކުވާތައް ހުށަހެޅުމަށް ސިވިލް ސާރވިސްގެ އޮންލައިން ޕޯޓަލް އެއް ޚަބަރު | 19 ގަޑިއިރު ކުރިންސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި ޚަބަރު | މަހެއް ކުރިންސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ޕޭ ކޮމިޝަނާރއެކު މަޝްވަރާ އެބަ ކުރަން - ސީއެސްސީޚަބަރު | މަހެއް ކުރިން28 ރަށެއްގެ ކައުންސިލަށް އެސްޖީން ހޯދަން އިޢުލާންކޮށްފި ޚަބަރު | 2 މަސް ކުރިން