logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއާއި ފަލަސްޠީނުން އެކުވެރިކަމުގެ ފުޓުބޯޅަ މެޗުތަކެއް ކުޅެނީ

ޢައްފާން މުޙައްމަދު
2 ސެޕްޓެމްބަރު 2025 - 15:36
ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމު --
ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމު --

ފަލަސްޠީނުގެ ޒުވާން ޤައުމީ ފުޓުބޯޅަ ޓީމާއި ރާއްޖޭގެ ޒުވާން ޤައުމީ ފުޓުބޯޅަ ޓީމާ ދެމެދު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ތާވަލުކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޠާރިޤް ވިދާޅުވީ، ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕްކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށެވެ.

ވުމާއެކު، ފަލަސްތީނުގެ ޒުވާންޓީމާއި ރާއްޖޭގެ ޒުވާން ޓީމާއި ދެމެދު އެކުވެރިކަމުގެ ދެ މެޗް ކުޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 12 އަދި 14 ވަނަ ދުވަހުއެވެ.

އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މުބާރާތަށް ތައްޔާރުވާ ފަލަސްތީނުގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވައިދިނުމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން އެފްއޭއެމްގެ ކިބައިން އެދިފައިވާއިރު، ދިވެހި ސަރުކާރުން ވަނީ އެ ފުރުސަތު ހަމަޖައްސާދީފައެވެ.

ކުޅިވަރު ވަޒީރު ރާފިޢު މިއަދު ވަނީ މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށްވަނީ ނިންމާފައެވެ. އަދި ފަލަސްތީނު ޓީމުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަޒީރު ވަނީ އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ޒަރީރް އާއި މަޝްވަރާ ކުރައްވާފައެވެ.

ފަލަސްތީނުގައި ހަނގުރާމަ ކުރަމުންދާތީ، އެ ގައުމުގެ ޓީމުތަކަށް ފަލަސްތީނުގެ ފަސްގަނޑުގައި މުބާރާތް ކުޅެ ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބޭތީ، އެ ގައުމުގެ ޓީމުތަކުން ތަމްރީނު ހަދަމުން އަންނަނީ އެހެން ގައުމުތަކުގައެވެ. މި ގޮތުން، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބޭއްވުމަށް އެދިފައިވަނީ މިއަހަރުގެ ނޮވެމްބަރު 8 އިން 19 އަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައްސާމްގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިޚަބަރު | 11 ދުވަސް ކުރިންފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 ފަހަނައަޅައިފިދުނިޔެ | 13 ދުވަސް ކުރިންފަތިސް ނަމާދު ވަގުތާ ދިމާކޮށް ޣައްޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް އިސްރާއީލުން ބޮޑެތި ހަމަލާތަކެއް ދީފިދުނިޔެ | 25 ދުވަސް ކުރިންފަލަސްޠީނަށް އޮތް ލޯބި ސްޕެއިނުން ދައްކާލައި މުޅި ދަނޑު ފުރާލައިފިކުޅިވަރު | މަހެއް ކުރިން