logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަލަސްޠީނަށް އޮތް ލޯބި ސްޕެއިނުން ދައްކާލައި މުޅި ދަނޑު ފުރާލައިފި

އަބްދުﷲ ޣާނިމް
17 ނޮވެމްބަރު 2025 - 05:43
ފަލަސްޠީނަށް އޮތް ލޯބި ސްޕެއިނުން ދައްކާލައި މުޅި ދަނޑު ފުރާލައިފި

ސްޕެއިންގެ އުތުރުގެ ބާސްކް ކަންޓްރީ (ބިލްބާއޯ) ގައި ހޮނިހިރު ދުވަހު ފަލަސްތީނުގެ ފުޓުބޯޅަ ކުޅުންތެރިންގެ ޓީމަކުން ކުޅުނު މެޗުގައި މުޅު ދަނޑު ފުރާލައި ފަލަސްޓީނަށް އޮތް ލޯބި ދައްކާލައިފިއެވެ. މިމެޗު އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި މި މެޗު ބެލުމަށް ގާތްގަނޑަކަށް 50،000 ބެލުންތެރިން ދަނޑަށް ވަދެފައިވެއެވެ.

ފަލަސްތީނުގެ ފުޓުބޯޅަ ކުޅުންތެރިންގެ ޓީމަކާއި، ބާސްކް ކަންޓްރީގެ ސްޕެއިން ކުޅުންތެރިންގެ ގްރޫޕަކާ ދެމެދު މި ރަޙުމަތްތެރި މެޗު ކުޅުނީ ޑޮކްޓަރސް ވިތްއައުޓް ބޯޑަރސް (އެމް.އެސް.އެފް) އަށް ފައިސާ ހޯދުމުގެ ހެޔޮކަމުގެ މަޤްސަދުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗު ބެލުމަށް އައި ގިނަ ފަރާތްތަކުން ވަނީ ފަލަސްތީނުގެ ދިދަތަކާއި، އުތުރުގެ ބާސްކް ކަންޓްރީ ސަރަހައްދުގެ ދިދަތައް ނަގައިގެން ފަލަސްޠީނަށް އޮތް ލޯބި ދައްކާލާފައެވެ. މީގެ އިތުރުން، މެޗުގެ ކުރިން އެތައް ހާސް ބަޔަކު ވަނީ ދިދަ ހިފައިގެން ހިނގާލުންތަކެއް ވެސް ބާއްވާފައެވެ. މީގެ ކުރިންވެސް ސްޕެއިންގައި ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ އަސްކަރީ ހަމަލާތަކާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ. ސެޕްޓެމްބަރު މަހު ސްޕެއިން ވުއެލްޓާގައި އިޒްރޭލަށް ނިސްބަތްވާ ސައިކަލް ޓީމަކާ ދެކޮޅަށް ބޭއްވި ބޮޑެތި މުޒާހަރާތަކުގެ ތެރެއިން ފުރަތަމަ މުޒާހަރާ ބޭއްވީ ވެސް ބިލްބާއޯގައެވެ.

ބާސްކް ޓީމުގައި ހިމެނުނީ އެތްލެޓިކް އަދި ރެއާލް ސޮސިއެޑާޑްގެ ކުޅުންތެރިންގެ އިތުރުން އެހެން ޕްރޮފެޝަނަލް ކްލަބްތަކުގެ ކުޅުންތެރިންނެވެ. ސްޕެއިންގެ ގައުމީ ޓީމުގެ އެއްވެސް ކުޅުންތެރިއަކު މި މެޗުގައި ބައިވެރިވެފައެއް ނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާއަށް ކުރިމަތިވި ބާރުގަދަ ތޫފާނެއްގައި އެތައް ހާސް ފޭލިގެއަކަށް ގެއްލުންވެ، އިންސާނީ ކާރިސާއެއްގެ ބިރު ޚަބަރު | 23 ދުވަސް ކުރިންގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު، ފޮރިން މިނިސްޓަރާއި މަޖިލިސް ރައީސް އާ ބައްދަލުކޮށްފިޚަބަރު | މަހެއް ކުރިންއަދިވެސް ފެންނަނީ އިސްރާއީލްގެ ޖައްބާރުކަން، ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް މީހުން މެރުން ކުރިއަށް!ދުނިޔެ | މަހެއް ކުރިންނަމަކަށް ހަދާފައިވާ ސުލްހައިގެ އެއްބަސްވުމުގެ ދެވަނަ ފިޔަވައްސާ ގުޅޭ މަޝްވަރާތައް ފަށަނީދުނިޔެ | މަހެއް ކުރިން