logo
Bank of Maldives

Bank of Maldives

ދުނިޔެ

އަދިވެސް ފެންނަނީ އިސްރާއީލްގެ ޖައްބާރުކަން، ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް މީހުން މެރުން ކުރިއަށް!

ޒިދާން މުޙައްމަދު
21 ޑިސެމްބަރު 2025 - 10:29
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ގެދޮރު ގެއްލިފައިވާ މީހަކު -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ގެދޮރު ގެއްލިފައިވާ މީހަކު -- ފޮޓޯ: އޭއެފްޕީ

ހަމަލާތައް ހުއްޓާލުމަށް ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާއަތާއި އިސްރާއީލުގެ މުޖުރިމުންނާ ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް މީހުން ޝަހީދުކުރުމުގެ ޖަރިމާތައް އިސްރާއީލުން އަދިވެސް ކުރިއަށްގެންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުނަ، ޣައްޒާގައި ދިން ނިރުބަވެރި ހަމަލާއެއްގައި އިސްރާއީލުގެ މުޖުރިމުން ވަނީ ފަލަސްތީނުގެ އިތުރު މީހަކު ޝަހީދުކޮށްލައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުން ވަނީ ޣައްޒާގެ ޝެއިޚް ރަދްވާން އަވަށުގެ ތިން ބުރީގެ އިމާރާތަކަށް ބޮން އަޅައި ބިމާ ހަމަކޮށްލާފައެވެ. އަދި ގައުކުނޑިތަކުގެ ދަށުވި ފަސް މީހަކު ޣައްޒާގެ ސަލާމަތީބާރުތަކުން ވަނީ ސަލާމަތްކޮށްފައެވެ.

އިސްރާއީލުގެ އެންމެ ފަހުގެ ޖަރީމާތަކަށް އިޝާރާތްކުރައްވައި، ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވާ ގޮތުގައި، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ހިލާފުވުމަކީ ދެވަނަ ފިޔަވަހީގެ ތެރެއަށް ދިއުމަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ.

ސުލްހައިގެ އެއްބަސްވުމެއްގެ ގޮތުގައި ނަމަކަށް އޮތް އެއްބަސްވުމުގެ ދެވަނަ ފިޔަވައްސާ ގުޅޭ މަޝްވަރާތައް ފަށަން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ މެދުވެރިން، މިފަހަރު މަޝްވަރާ ކުރާނެ ކަމަށް ބެލެވެނީ އެމެރިކާގެ މިއާމީގައެވެ. މި އެއްބަސްވުމުގެ ފުރަތަމަ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ގަތަރުގެ ވެރިރަށް ދޯހާގައެވެ.

މިމަޝްވަރާތަކުގައި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ގަތަރު، މިސްރު، ތުރުކީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެއެވެ.

މިމަޝްވަރާތައް ކުރިއަށް ގެންދާނެކަމުގެ އިޝާރާތެއް ވެފައިވީ ނަމަވެސް އިސްރާއީލުން ދަނީ އެ އެއްބަސްވުމާ ހިލާފުވެ، ނުރައްކާތެރި ހަމަލާތައް ދީ، އިންސާނީ އެހީ ފަލަސްތީނަށް ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންނެވެ.

ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ފަލަސްޠީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ އުދުވާނީ ޙަމަލާތަކާ ގުޅިގެން އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިޔަނިއެޅެމުންދާ ކަމުގައި ވިދާޅުވެ، ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އަލް-ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް-ޘާނީ ވަނީ އިންޒާރު ކުރައްވައިފައެވެ.

އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމު "ނަމެއްގައި" މެދުކަނޑައިލާފައި ވަނީ އޮކްޓޫބަރު 10 ދުވަހުއެވެ. އެ އެއްބަސްވުން އެކުލަވައިލުމުގައި ޤަޠަރުން ވަނީ އެމެރިކާއާ ގުޅި، މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ.

ނަމަވެސް، އެއްބަސްވުން ތަންފީޒު ކުރަން ފެށި ފަހުން ވެސް ޔަހޫދީން ދަނީ ޣައްޒާއަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 395 އަށް އުފުލިފައިވާއިރު، އިތުރު 1,075 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 70،669 މީހުން ޝަހީދުވެ، 171،165 މީހުން ޒަޚަމްވެފައިވާ ކަމަށް ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަދިވެސް ފެންނަނީ އިސްރާއީލްގެ ޖައްބާރުކަން، ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް މީހުން މެރުން ކުރިއަށް!ދުނިޔެ | 2 ގަޑިއިރު ކުރިންނަމަކަށް ހަދާފައިވާ ސުލްހައިގެ އެއްބަސްވުމުގެ ދެވަނަ ފިޔަވައްސާ ގުޅޭ މަޝްވަރާތައް ފަށަނީދުނިޔެ | 2 ދުވަސް ކުރިންފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 ފަހަނައަޅައިފިދުނިޔެ | 16 ދުވަސް ކުރިންއިސްރާއީލުގެ ރައީސް ދިރިއުޅޭ ގެ ކުރިމަތީ ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާއެއް ކުރިއަށް ގެންގޮސްފިދުނިޔެ | 20 ދުވަސް ކުރިން