logo
MPL

MPL

ކުޅިވަރު

ފީފާ ކޮންފަރެންސްގައި ބައިވެރިވާ ފަލަސްޠީނުގެ ޑެލިގޭޓުންނަށް ވިސާދޭން ޑެންމާކުން ދެކޮޅުހަދައިފި

އަބްދުﷲ ޣާނިމް
17 އޭޕްރީލު 2026 - 14:21
ފީފާ ކޮންފަރެންސްގައި ބައިވެރިވާ ފަލަސްޠީނުގެ ޑެލިގޭޓުންނަށް ވިސާދޭން ޑެންމާކުން ދެކޮޅުހަދައިފި

ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކޮންގްރެސްގައި ބައިވެރިވުމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ މަންދޫބުންނަށް ކެނެޑާއަށް އެތެރެވުމުގެ ވިސާ ނުލިބުނު ކަމަށް ދަ ގާޑިއަން ނޫހުން ރިޕޯޓްކޮށްފިއެވެ.

މި ކޮންގްރެސްގައި ބައިވެރިވުމަށް ވިސާ ނުލިބުނު އޮފިޝަލުންގެ ތެރޭގައި ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޖިބްރީލް ރަޖޫބު ހިމެނޭހެން ޖުމްލަ ތިން އޮފިޝަލަކު ހިމެނެއެވެ. މި މައްސަލައާ ގުޅިގެން ފަލަސްތީނުގެ ފަރާތުން ވަނީ ކެނެޑާގެ އިމިގްރޭޝަން އިދާރާތަކާއެކު ވާހަކަދައްކައި، މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފީފާގެ ކިބައިން އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮންމެ އަހަރަކު ބާއްވާ ފީފާގެ އަހަރީ ކޮންގްރެސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކެނެޑާގެ ވެންކޫވަރުގައެވެ. މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ މުހިންމު ނިންމުންތައް ނިންމާ ބައްދަލުވުމެކެވެ.

ޚަބަރުތައް ލިބޭގޮތުގައި، ފަލަސްތީނުގެ މަންދޫބުން މި ކޮންގްރެސްގެ ބޭނުން ހިފުމަށް ގަސްދުކޮށްފައިވަނީ އިޒްރޭލުގެ ފުޓްބޯޅަ ކްލަބުތަކުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުގައި ރަސްމީ މެޗުތައް ކުޅޭ މައްސަލަ ފީފާގެ ސަމާލުކަމަށް ގެނައުމަށެވެ. ފަލަސްތީނުން ދެކޭގޮތުގައި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގާ އަމަލުތަކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގާމާއި ފައިސާގެ ނާޖާއިޒު ފައިދާ ނެގި މައްސަލައިގައި ބައްސާމް އަދި ކަސެލް އުމުރަށް ސަސްޕެންޑްކޮށްފިޚަބަރު | މަހެއް ކުރިންފީފާއިން އުނބަށްޖަހައި ވޯލްޑްކަޕް ވިއްކާލަން ކުރި މަސައްކަތް ހުއްޓާލައިފިކުޅިވަރު | 2 މަސް ކުރިންޔޫރަޕުގައި ބާއްވަން ހަމަޖެހިފައިވާ 2028 ވަނަ އަހަރުގެ ވޯލްޑްކަް ބޮއިކޮޓްކުރަން ޔޫރަޕުގެ ހުރިހާ ޤައުމަކުން ނިންަމައިފިކުޅިވަރު | 2 މަސް ކުރިންފީފާއިން ފުޓްބޯޅައިގެ ޤަވާއިދުތައް މުގުރައި ކުޅިވަރުގެ ރޫޙު މަރާލާފައިވާކަމަށް ޔުއޭފާއިން ތުހުމަތުކޮށް އަންނަ ވޯލްޑްކަޕް ޔޫރަޕުގެ ޓީމުތަކުން ބޮއިކޮޓްކުރަނީކުޅިވަރު | 3 މަސް ކުރިން