ޔޫރަޕުގައި ބާއްވަން ހަމަޖެހިފައިވާ 2028 ވަނަ އަހަރުގެ ވޯލްޑްކަޕް ބޮއިކޮޓްކުރަން ޔޫރަޕުގެ ހުރިހާ ޤައުމަކުން ނިންަމައިފި
30 ޖުލައި 2026 - 15:53

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ބާއްވާ މުބާރާތްތައް ހިންގުމަށް އުފައްދާ ސަބްސިޑަރީ ކުންފުންޏެއްގެ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް، ޔޫރަޕްގެ ފުޓްބޯޅަ ފެޑެރޭޝަން (ޔޫއީއެފްއޭ) ގެ މެންބަރު ގައުމުތަކުން ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް އިއްތިފާގުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައެވެ. މީގެ އިތުރުން ޔޫއޭފާގެ ޤައުމުތަކުންވަނީ މި ފީފާގެ އެ ނިންމުން ބަދަލު ނުކުރާހިނދަކު ފީފާގެ އެއްވެސް މުބާރާތެއްގައި ބައިވެރިނުވަން ޔުއޭފާގެ ޤައުމުތަކުން ވަނީ ނިންމާފައެވެ.
ފީފާއިން މިދިޔަ އަންގާރަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގުމަށް 20 ބިލިއަން ޑޮލަރުގެ އަގުހުރި ސަބްސިޑަރީއެއް އުފެއްދުމަށް ވަނީ ރާވާފައެވެ. އަދި މި ކުންފުނީގެ 20 އިންސައްތައާ ހަމައަށް ބޭރުގެ އިންވެސްޓަރުންނަށް ހިއްސާ ވިއްކުމަށް ފީފާއިން ވަނީ ހުށަހަޅާފައެވެ.

Ad by Hajj Corporation
މިކަމާ ގުޅިގެން ޔޫއޭފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހުށަހެޅުންތައް ދޫކޮށްނުލާހާ ހިނދަކު ޔޫރަޕްގެ އެއްވެސް ގައުމީ ޓީމަކުން ފީފާގެ އެއްވެސް މުބާރާތެއްގައި ބައިވެރިނުވާނެ ކަމަށެވެ. އަދި ފީފާގެ ހިންގުން ނުވަތަ މުބާރާތްތައް އަމިއްލަ ފަރާތްތަކުގެ މިލްކުވެރިކަމަށް ދޫކޮށްނުލާނެ ކަމުގެ ގާނޫނީ ކަށަވަރުކަން ލިބެންޖެހޭނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ޔޫއީއެފްއިން އިތުރަށް ބުނެފައިވަނީ ވޯލްޑް ކަޕަކީ އިންވެސްޓްމަންޓް އުފެއްދުމެއްގެ ގޮތުގައި ބެލެވިގެން ނުވާނެ ކަމަށެވެ. "ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ތަރިކަ. މިއީ އެތައް ޖީލެއްގެ ކުޅުންތެރިންނާއި، ގައުމީ ޓީމުތަކާއި ސަޕޯޓަރުން ބިނާކޮށްފައިވާ އެއްޗެއް،" ޔޫއޭފާގއ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ވޯލްޑް ކަޕްގެ އެއްވެސް ބައެއް އަމިއްލަ އިންވެސްޓަރުންނަށް ދޫކޮށްލައިގެން ނުވާނެ ކަމަށާއި، ވޯލްޑް ކަޕަކީ ވިއްކާލަން އޮތް އެއްޗެއް ނޫން ކަމަށް ބުނެ ޔޫއީއެފްއިން ވަނީ ފީފާއަށް ވަރުގަދަ އިންޒާރެއް ދީފައެވެ.


