logo
Bank of Maldives

Bank of Maldives

ޚަބަރު

މަގާމާއި ފައިސާގެ ނާޖާއިޒު ފައިދާ ނެގި މައްސަލައިގައި ބައްސާމް އަދި ކަސެލް އުމުރަށް ސަސްޕެންޑްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ސެޕްޓެމްބަރު 2026 - 04:08
މަގާމާއި ފައިސާގެ ނާޖާއިޒު ފައިދާ ނެގި މައްސަލައިގައި ބައްސާމް އަދި ކަސެލް އުމުރަށް ސަސްޕެންޑްކޮށްފި

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަތަކެއް ބެލުމަށްފަހު، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި މޮންސެރާޓް ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ވިންސެންޓް ކަސެލް ފުޓްބޯޅައާ ގުޅުންހުރި ހުރިހާ ހަރަކާތަކުން އުމުރަށް ސަސްޕެންޑްކުރުމަށް ފީފާއިން ނިންމައިފިއެވެ.

ބައްސާމާއި ކަސެލްއަށް އުމުރު ދުވަހުގެ ސަސްޕެންޝަނެއް

Ad by Hajj Corporation

Ad by Hajj Corporation

ފީފާގެ ފަނޑިޔާރުން މި ދެ ބޭފުޅުން ސަސްޕެންޑްކޮށްފައިވަނީ މާލީ ބޮޑެތި ޚިޔާނާތްތަކާ ގުޅިގެންނެވެ. މީގެ ތެރޭގައި ކޮވިޑް-19 ގެ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަސްލަހަތު ފުށުއެރުމުގެ މައްސަލަތައް ހިމެނެއެވެ. ބައްސާމް ސަސްޕެންޑްކޮށްފައިވަނީ ފީފާއިން ކޮވިޑް-19 އާ ގުޅިގެން ދިން އެހީގެ ފައިސާ އަމިއްލަ ފައިދާއަށް ބޭނުންކުރި މައްސަލައިގައެވެ. ކޮވިޑްގެ ދުވަސްވަރު ފީފާއިން 1.5 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، އެ ފައިސާގެ ތެރެއިން 1.2 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެ އެޕާޓްމަންޓް ގަތް މައްސަލައިގައި ބައްސާމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

މޮންސެރާޓްގެ ކުރީގެ ރައީސް ކަސެލްއަށް ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، މަސްލަހަތު ފުށުއެރުމުގެ އިތުރުން ފީފާގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތެވެ. މީގެ އިތުރުން، އެ ފެޑެރޭޝަންގެ މުވައްޒަފުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ އަމަލުތަކެއް ހިންގުމުގެ ދައުވާވެސް ކަސެލްގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

ބޮޑެތި ޖޫރިމަނާތަކާއި އެހެނިހެން ސަސްޕެންޝަންތައް

އުމުރު ދުވަހުގެ ސަސްޕެންޝަންގެ އިތުރުން ފީފާއިން ވަނީ ބޮޑެތި ޖޫރިމަނާތަކެއްވެސް ކަނޑައަޅާފައެވެ. އެގޮތުން ބައްސާމް އަދީލް ޖަލީލް އަދި ވިންސެންޓް ކަސެލް، މިއިން ކޮންމެ ބޭފުޅަކު 1 މިލިއަން ސްވިސް ފްރޭންކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން، އެފްއޭއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު މުހައްމަދު އަގީލް ވަނީ 10 އަހަރަށް ސަސްޕެންޑްކޮށް، 100،000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފައެވެ. އަގީލްގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް އެހީތެރިވެ އެކަން ފޮރުވުމާއި، ފޯޖް ލިޔެކިޔުން ބޭނުންކުރުމާއި އަދި ތަހުގީގަށް އެއްބާރުލުން ނުދިނުން ހިމެނެއެވެ. އަދި މޮންސެރާޓްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޓެންޑިކާ ހިއުސް ވަނީ 15 އަހަރަށް ސަސްޕެންޑްކޮށް 150،000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގާމާއި ފައިސާގެ ނާޖާއިޒު ފައިދާ ނެގި މައްސަލައިގައި ބައްސާމް އަދި ކަސެލް އުމުރަށް ސަސްޕެންޑްކޮށްފިޚަބަރު | 27 މިނިޓު ކުރިންފީފާއިން އުނބަށްޖަހައި ވޯލްޑްކަޕް ވިއްކާލަން ކުރި މަސައްކަތް ހުއްޓާލައިފިކުޅިވަރު | މަހެއް ކުރިންޔޫރަޕުގައި ބާއްވަން ހަމަޖެހިފައިވާ 2028 ވަނަ އަހަރުގެ ވޯލްޑްކަް ބޮއިކޮޓްކުރަން ޔޫރަޕުގެ ހުރިހާ ޤައުމަކުން ނިންަމައިފިކުޅިވަރު | މަހެއް ކުރިންފީފާއިން ފުޓްބޯޅައިގެ ޤަވާއިދުތައް މުގުރައި ކުޅިވަރުގެ ރޫޙު މަރާލާފައިވާކަމަށް ޔުއޭފާއިން ތުހުމަތުކޮށް އަންނަ ވޯލްޑްކަޕް ޔޫރަޕުގެ ޓީމުތަކުން ބޮއިކޮޓްކުރަނީކުޅިވަރު | މަހެއް ކުރިން