2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޓިކެޓާއި ހޮސްޕިޓާލިޓީން ފީފާއަށް 3.8 ބިލިއަން ޕައުންޑް
28 އޮކްޓޯބަރު 2026 - 20:17

އުތުރު އެމެރިކާގައި ބޭއްވި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ މެޗުތަކުގެ ޓިކެޓު ވިއްކައިގެންނާއި ހޮސްޕިޓާލިޓީ ޕެކޭޖުތަކުން ފީފާއަށް ގާތްގަނޑަކަށް 3.8 ބިލިއަން ޕައުންޑް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުން މި ބައިތަކުން ލިބުނު 697 މިލިއަން ޕައުންޑާ އަޅާބަލާއިރު ގާތްގަނޑަކަށް ފަސް ގުނަ އިތުރު އަދަދެކެވެ.
ދަ ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަދަދު ފީފާއިން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، މިއީ އެ އިދާރާއިން އުންމީދުކުރި މިންވަރަށް ވުރެ މާ ބޮޑު އާމްދަނީއެކެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުކޮށް، 104 މެޗު ކުޅޭ ގޮތަށް މުބާރާތް ފުޅާކުރުމަކީ މި އާމްދަނީ އިތުރުވި މައިގަނޑު ސަބަބެވެ. މީގެ އިތުރުން ޓިކެޓު އަލުން ވިއްކާ ޕްލެޓްފޯމުތަކުން 30 އިންސައްތައިގެ ކޮމިޝަނެއް ވެސް ފީފާއަށް ލިބޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ޓިކެޓުގެ އަގުތައް އިންތިހާއަށް ބޮޑުވުމުން ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވީނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެ ނިންމުން ދިފާއުކުރައްވާފައެވެ. އިންފަންޓީނޯ ވިދާޅުވީ ފީފާއަކީ ފައިދާއަށް މަސައްކަތްކުރާ އިދާރާއެއް ނޫން ކަމަށާއި، ވޯލްޑް ކަޕުން ލިބޭ އާމްދަނީ އިންވެސްޓްކުރަނީ ދުނިޔޭގެ 211 ގައުމެއްގައި ފުޓްބޯޅަ ކުރިއެރުވުމަށް ކަމަށެވެ.

-01.jpg&w=3840&q=75)
