logo
Bank of Maldives

Bank of Maldives

ކުޅިވަރު

އާޖެންޓީނާ ބަލިކޮށް ސްޕެއިން ދެވަނަ ފަހަރަށް ވޯލްޑްކަޕްގެ ތަށި އުފުލާލައިފި

އަބްދުﷲ ޣާނިމް
19 ޖުލައި 2026 - 23:00
އާޖެންޓީނާ ބަލިކޮށް ސްޕެއިން ދެވަނަ ފަހަރަށް ވޯލްޑްކަޕްގެ ތަށި އުފުލާލައިފި

ވޯލްޑް ކަޕް ފައިނަލްގައި އިތުރު ވަގުތުގެ ތެރޭގައި ފެރާން ޓޮރޭޒް ކާމިޔާބުކޮށްދިން ލަނޑުން 1-0 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިންއިން ދުނިޔޭގެ ތަށި އުފުލާލައިފިއެވެ. މިއީ 2010 ވަނަ އަހަރަށްފަހު ސްޕެއިންއިން ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ސްޕެއިންގެ ޕައު ކުބާސީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑަކާއެކުގައެވެ. މުޅި މެޗުގައިވެސް އާޖެންޓީނާގެ ފަރާތުން ފެނުނީ ވަރަށް ބަލިކަށި ކުޅުމެކެވެ. ރެކޯޑްތަކުން ދައްކާގޮތުގައި 1966 ގެ ފަހުން ވޯލްޑް ކަޕް ފައިނަލެއްގެ ފުރިހަމަ 90 މިނެޓު ތެރޭގައި ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާނުލެވުނު ފުރަތަމަ ޓީމަކީ އާޖެންޓީނާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާޖެންޓީނާގެ ކީޕަރު އެމީ މާޓީނޭޒް ވަނީ މެޗުގައި 11 ސޭވްކޮށް، ވޯލްޑް ކަޕް ފައިނަލެއްގައި އެންމެ ގިނަ ސޭވް ކުރި ކީޕަރުގެ ރެކޯޑް ހަދާފައެވެ. ނަމަވެސް މެޗުގެ 106 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓޮރޭޒް ވަނީ ބާރުގަދަ ހަމަލާއަކުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައި ސްޕެއިންއަށް ލީޑު ހޯދައިދީފައެވެ.

ލިއޮނަލް މެސީގެ ފަރާތުން މި މެޗުގައި މާ އެދެވޭ ކުޅުމެއް ފެނިފައި ނުވާއިރު، އާޖެންޓީނާއަށް މެޗުގެ ތެރެއަށް އެނބުރި އައުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ޖިއުލިއާނޯ ސިމިއޯނީ ވަނީ ބޭކާރުކޮށްލާފައެވެ. މިއީ މެސީގެ ފަހު ވޯލްޑް ކަޕް ކަމަށް ބެލެވޭއިރު، އޭނާއަށް ވަނީ ދެވަނަ ފަހަރަށް ތަށި އުފުލާލުމުގެ ފުރުސަތު ގެއްލިފައެވެ.

މި ކާމިޔާބީއާއެކު ސްޕެއިން ވެފައިވަނީ ޔޫރޯ އާއި ވޯލްޑް ކަޕް ޖެހިޖެހިގެން ކާމިޔާބުކުރި ހަތަރުވަނަ ގައުމަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ ޖަރުމަނު، ފްރާންސް އަދި ހުދު ސްޕެއިންއެވެ. މެޗު ނިމުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، ލިއަންޑްރޯ ޕަރޭޑޭސް ވަނީ މި ހަމަނުޖެހުންތަކުގެ މެދުގައި ފެނިގެން ގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާޖެންޓީނާ ބަލިކޮށް ސްޕެއިން ދެވަނަ ފަހަރަށް ވޯލްޑްކަޕްގެ ތަށި އުފުލާލައިފިކުޅިވަރު | ދުވަހެއް ކުރިން10 ގޯލު ފެނުނު މެޗުގައި ސަކާގެ ހެޓްރިކާއެކު އިންގްލަންޑްއަށް ލޯމެޑަލްކުޅިވަރު | 2 ދުވަސް ކުރިންއަޑުގަދަ އިންޣްލަންޑްގެ އަޑު ކަނޑުވާލުމަށްފަހު މެސީގެ ޖާދުލާއެކު އާޖެންޓީނާ ޖެހިޖެހިގެން ދެވަނަ ވޯލްޑްކަޕް ފައިނަލަށްކުޅިވަރު | 5 ދުވަސް ކުރިންކޮލަމްބިއާ ބަލިކޮށް ސްވިޒަލޭންޑުން ކުއާޓާ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަނީކުޅިވަރު | 13 ދުވަސް ކުރިން