ޔަމާލު ދެވަނަ ފަހަރަށް ޚާންދާނުގޮވައިގެން ބެލަންޑޯ ބަލައިގޮސްފި
24 އޮކްޓޯބަރު 2026 - 14:13

މިއަހަރުގެ ބެލޮންޑިއޯ އެވޯޑު ހަފުލާގައި ބައިވެރިވުމަށް ސްޕެއިން އަދި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް، އަމިއްލަ ޚަރަދުގައި ޕްރައިވެޓް ޖެޓެއް ޗާޓަރުކޮށްގެން އާއިލާ އާއި ރަށްޓެހިން ގޮބވައިގެން ލަންޑަނަށް ދަތުރުކުރަން ހަމަޖައްސައިފިއެވެ. ކަޑޭނާ ކޯޕޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 19 އަހަރުގެ ފޯވާޑް މި ދަތުރު އިންތިޒާމުކުރީ ކްލަބުގެ ރަސްމީ ދަތުރާ މުޅިން ވަކިންނެވެ. ހޯމަ ދުވަހުގެ ރޭ ލަންޑަން ޕެލޭޑިއަމްގައި ބާއްވާ ހަފުލާއިން އެވޯޑު ލިބިއްޖެނަމަ ބޮޑު އުފާފާޅުކުރުމެއް ބޭއްވުމަށްވެސް އޭނާގެ ޓީމުން ވަނީ ތައްޔާރުވެފައެވެ.
ފާއިތުވި ސީޒަނުގައި ކްލަބަށާއި ޤައުމީ ޓީމަށް ދެއްކި މޮޅު ކުޅުމާއެކު، ޔަމާލަކީ މިއަހަރުގެ ބެލޮންޑިއޯ އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާ އެއް ކުޅުންތެރިޔާއެވެ. ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމުގެ އިތުރުން، އޭނާއަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން ޓީމުގެ މުހިންމު ހިއްސާދާރެކެވެ. މީގެއިތުރުން، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ދޭ ކޮޕާ ޓްރޮފީ ވިދިވިދިގެން ތިންވަނަ ފަހަރަށް އޭނާ ކާމިޔާބުކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އެވޯޑު ހަފުލާއަށް ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އިސްވެ ހުންނަވައިގެން ކްލަބުގެ ބޮޑު ވަފުދެއް ލަންޑަނަށް ދަތުރުކުރެއެވެ. އޭގެ ތެރޭގައި އެކި ކެޓަގަރީތަކަށް ނޮމިނޭޓްވެފައިވާ ޕައު ކުބާރްސީ އާއި ރޮޑްރީ އަދި އަންހެން ޓީމުގެ ކޯޗު ޕެރޭ ރޯމިއު ހިމެނެއެވެ. މިދިޔަ އަހަރު ޕެރިހުގައި ބޭއްވި ހަފުލާއަށްވެސް ޔަމާލް ބެލަންޑޯ ބަލައި ހާންދާނު ގޮވައިގެން ދިޔަ ނަމަވެސް، އެ ފަހަރު އެވޯޑު ލިބުނީ އުސްމާން ޑެމްބެލޭ އަށެވެ.

-01.jpg&w=3840&q=75)
