logo
MPL

MPL

ކުޅިވަރު

ބެލަންޑޯ ލިބެންޖެހޭނީ މަށަށް - ޔަމާލް

އަބްދުﷲ ޣާނިމް
19 ސެޕްޓެމްބަރު 2026 - 07:05
ބެލަންޑޯ ލިބެންޖެހޭނީ މަށަށް - ޔަމާލް

2026 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑުގެ ވާދަވެރިކަން ކުރިއަށް ވުރެ ފޯރިގަދަވެފައިވާއިރު، މި އެވޯޑު އެންމެ ހައްގުވަނީ އޭނާއަށް ކަމަށް ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފިއެވެ. ޔަމާލް މިހެން ބުނެފައިވަނީ އިއްޔެ މޮވިސްޓާގެ "އެލް މުންޑޯ ޑި ވަލްޑާނޯ" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައެވެ.

ސްޕޯޓް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާ ގުޅޭގޮތުން ޔަމާލް ބުނީ، "އަހަރެން ތެދުވެރިކަމާއެކު ގަބޫލުކުރަނީ ދުނިޔޭގައި މިވަގުތު ތިބީ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށް. އެކަމަކު މި އަހަރު އެ އެވޯޑު އެންމެ ހައްގުވަނީ އަހަންނަށް،" ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ، "އަހަންނާއި ކިލިއަން މްބާޕޭއަކީ އެންމެ މޮޅު ދެ ކުޅުންތެރިން. އަދި މެޗުތައް ބަލާ ކޮންމެ މީހަކަށް ވެސް އެކަން އެނގޭނެ،" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔަމާލްގެ މި ވާހަކަތަކުގެ ކުރިން ފްރާންސްގެ ތަރި ކިލިއަން މްބާޕޭ ވެސް ވަނީ ބެލޮންޑިއޯއާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. މްބާޕޭ ބުނެފައިވަނީ ފުޓުބޯޅައަކީ ޓީމު ކުޅިވަރަކަށް ވެފައި ޓީމީ ކާމިޔާބީތައް މުހިންމު ނަމަވެސް ބެލޮންޑިއޯއަކީ އިންޑިވިޖުއަލް އެވޯޑެއް ކަމަށެވެ. އަދި މި އަހަރު އޭނާ ތަފާތު ކަންތައްތަކެއް ދައްކުވައިދީފައިވާ ކަމަށާއި އެހެންކަމުން ބެލޮންޑިއޯ ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް މްބާޕޭ ވަނީ ބުނެފައެވެ.

ޔަމާލް މި އެވޯޑަށް ވާދަކުރަނީ ސްޕެއިންއާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް، ބާސެލޯނާއާއެކު ލަލީގާ ތަށި ހޯދުމަށްފަހުއެވެ. އަނެއްކޮޅުން މްބާޕޭ ވަނީ އެ ވޯލްޑް ކަޕުގައި ގިނަ ގޯލުތަކެއް ޖަހައި މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލްގެ ތާރީޚީ ލަނޑާއެކު ބާސެލޯނާއިން އެސްޓަން ވިލާ ބަލިކޮށްފިކުޅިވަރު | ދުވަހެއް ކުރިންއެމްބާޕޭ އާއި ޔަމާލް ފަހަތަށް ޖައްސާލުމަށްފަހު 25 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ކުޅުންތެރިއަކު ބެލޮންޑިއޯ ކާމިޔާބުކޮށްފިކުޅިވަރު | 9 ދުވަސް ކުރިންޔަމާލު ދެވަނަ ފަހަރަށް ޚާންދާނުގޮވައިގެން ބެލަންޑޯ ބަލައިގޮސްފިކުޅިވަރު | 12 ދުވަސް ކުރިންބެލަންޑޯ ލިބެންޖެހޭނީ މަށަށް - ޔަމާލްކުޅިވަރު | 2 މަސް ކުރިން