logo
MPL

MPL

ކުޅިވަރު

ޔަމާލްގެ ތާރީޚީ ލަނޑާއެކު ބާސެލޯނާއިން އެސްޓަން ވިލާ ބަލިކޮށްފި

އަބްދުﷲ ޣާނިމް
4 ނޮވެމްބަރު 2026 - 03:19
ޔަމާލްގެ ތާރީޚީ ލަނޑާއެކު ބާސެލޯނާއިން އެސްޓަން ވިލާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކޭމްޕް ނޯގައި ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ ބަލިކޮށް، ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް މުބާރާތުގެ ތާރީޚުން ޖާގަ ހޯދައިފިއެވެ.

ވިއްސާރައިގެ ތެރޭގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓުގައި ޔަމާލް ޖެހި ލަނޑާއެކު، އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ޓީނޭޖު ކުޅުންތެރިޔަކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. އެގޮތުން 14 ލަނޑު ހަމަކޮށް، ކީލިއަން އެމްބާޕޭ ހަދާފައިވާ 13 ލަނޑުގެ ރެކޯޑު ޔަމާލް ވަނީ މުގުރާލާފައެވެ. މިއީ ވިލާގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ބާސެލޯނާއިން މެޗުގެ ކޮންޓްރޯލް ފުރިހަމައަށް ނެގިއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ރަފީނިއާ ޖެހި ބޯޅައެއް ވިލާގެ ކީޕަރު ކައިރިން ގޮސް ގޯލަށް ވަދެފައިވަނިކޮށް، އޭގެ 12 މިނެޓު ފަހުން ޔާއޯ ކަންސެލޯ ނަގައިދިން ހިތްގައިމު ހުރަހަކުން ރަފީނިއާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވިލާ ބަލިވި ފުރަތަމަ މެޗެވެ. މި މޮޅާއެކު ގޯލުގެ ތަފާތުން އެސްޓަން ވިލާ ފަހަތަށް ޖައްސާލުމަށްފަހު ބާސެލޯނާ ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލްގެ ތާރީޚީ ލަނޑާއެކު ބާސެލޯނާއިން އެސްޓަން ވިލާ ބަލިކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންބޮޑެތި މެޗުތަކުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ކުދިޓީމުތަކަށް، ބާސާގެ ރޯޅި މިފަހަރު އަލާވެސް އަށްކުޅިވަރު | 3 ދުވަސް ކުރިންއުސޫލުން ބޭރުން ބާސެލޯނާ އަލްވަރޭޒް ގެންނަން އުޅުނު މައްސަލައިގައި ކިއްލިގޮށްޓަކުން ޖޫރިމަނާކޮށްފިކުޅިވަރު | 7 ދުވަސް ކުރިންއެމްބާޕޭ އާއި ޔަމާލް ފަހަތަށް ޖައްސާލުމަށްފަހު 25 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ކުޅުންތެރިއަކު ބެލޮންޑިއޯ ކާމިޔާބުކޮށްފިކުޅިވަރު | 8 ދުވަސް ކުރިން