logo
MPL

MPL

ކުޅިވަރު

ބޮޑެތި މެޗުތަކުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ކުދިޓީމުތަކަށް، ބާސާގެ ރޯޅި މިފަހަރު އަލާވެސް އަށް

އަބްދުﷲ ޣާނިމް
1 ނޮވެމްބަރު 2026 - 02:10
ބޮޑެތި މެޗުތަކުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ކުދިޓީމުތަކަށް، ބާސާގެ ރޯޅި މިފަހަރު އަލާވެސް އަށް

ޖެިޖެހިގެން ބޮޑު ދެމެޗުން ބާސެލޯނާ ބަލިވިވުމުން އޭގެ ރޯޅި ކުދިޓީމުތަކަށް ބާލަން ފަށައިފިއެވެ. އެގޮތުން ރޭގައި ސްޕެނިޝް ލަލީގާގައި ރަފީނިއާ އަދި ލަމީން ޔަމާލް ޖެހި ދެ ލަނޑާއެކު 6-1 ގެ ބޮޑު ތަފާތަކުން އަލަވޭސް ބަލިކޮށް، ބާސެލޯނާއިން އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ޕީއެސްޖީ އަދި ރެއާލް މެޑްރިޑް އަތުން ވީ ބައްޔަށްފަހު ހަންސީ ފްލިކްގެ ޓީމުން މި ހޯދި މޮޅަކީ އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ ހޯދި 100 ވަނަ ކާމިޔާބީއެވެ.

މެޗުގެ އަށްވަނަ މިނެޓުގައި ޕެޑްރީ އަދި ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ރަފީނިއާ ވަނީ ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން ޔަމާލްގެ އެހީތެރިކަމާއެކު ފާމިން ވަނީ 23 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަފީނިއާ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، އިތުރު ވަގުތުގައި ޔަމާލް ވެސް ވަނީ ލަނޑެއް ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔާ ގެބްރިއަލް ޖީސުސް ދިން ބޯޅައަކުން ޔަމާލް އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ވީއޭއާރުގެ ނިންމުމަކަށް ފަހުގައެވެ. އަދި 81 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ވަނީ ޓީމުގެ ހަވަނަ ލަނޑު ޖަހާފައެވެ. މެޗުގެ ފަހުކޮޅު އަލަވޭސްގެ މަރިއާނޯ ޑިއާޒް ވަނީ އެ ޓީމަށް ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި ސީޒަނުގެ ލަލީގާގައި ކުޅުނު 10 މެޗުން ރަފީނިއާ 15 ލަނޑު ހަމަކޮށްފައިވާއިރު، ޔަމާލް ވަނީ 23 ގޯލު ކޮންޓްރިބިއުޝަނާއެކު ޔޫރަޕްގެ ގަދަ ފަސް ލީގުގެ އެންމެ ކުރީގައި ރެކޯޑް ދަމަހައްޓާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑެތި މެޗުތަކުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ކުދިޓީމުތަކަށް، ބާސާގެ ރޯޅި މިފަހަރު އަލާވެސް އަށްކުޅިވަރު | ގަޑިއިރެއް ކުރިންއުސޫލުން ބޭރުން ބާސެލޯނާ އަލްވަރޭޒް ގެންނަން އުޅުނު މައްސަލައިގައި ކިއްލިގޮށްޓަކުން ޖޫރިމަނާކޮށްފިކުޅިވަރު | 4 ދުވަސް ކުރިންއުދުހިފައި އުޅުނު ބާސެލޯނާ ހަމަބިމަށް ތިރިކޮށް ރެއާލް މެޑްރިޑުން ބާސެލޯނާ ހަވަރަށްދީފިކުޅިވަރު | 6 ދުވަސް ކުރިންކުއްލިގޮތަކަށް ރެއާލް މެޑްރިޑްގެ ކީޕަރު ބަލިވެ، މިރޭގެ މެޗުގެ ކުރިން އިތުރު ހާސްކަމެއްކުޅިވަރު | 6 ދުވަސް ކުރިން