logo
MPL

MPL

ކުޅިވަރު

ކުއްލިގޮތަކަށް ރެއާލް މެޑްރިޑްގެ ކީޕަރު ބަލިވެ، މިރޭގެ މެޗުގެ ކުރިން އިތުރު ހާސްކަމެއް

އަބްދުﷲ ޣާނިމް
25 އޮކްޓޯބަރު 2026 - 16:20
ކުއްލިގޮތަކަށް ރެއާލް މެޑްރިޑްގެ ކީޕަރު ބަލިވެ، މިރޭގެ މެޗުގެ ކުރިން އިތުރު ހާސްކަމެއް

ސްޕެނިޝް ލަލީގާގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް މިރޭ ކުޅޭ މުހިންމު އެލް ކްލެސިކޯ މެޗުގެ މަދު ގަޑިއިރުތަކެއް ކުރިން، ރެއާލް މެޑްރިޑްގެ އެއްވަނަ ގޯލްކީޕަރު ތީބޯ ކޯޓުއާ އަރިދަފުސް ރޯގާ ޖެހި ބަލިވުމާ ގުޅިގެން މެޗުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ. މިއީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރަން މަސައްކަތްކުރާ ރެއާލް މެޑްރިޑަށް ކުރިމަތިވި ބޮޑު ހީނަރުކަމެކެވެ.

މި މެޗަށް ރެއާލް ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ ހަ ޕޮއިންޓް ފަހަތުގައެވެ. ކޭމްޕް ނޯގައި ކުޅޭ މި ކުރިމަތިލުމުން ބަލިވެއްޖެނަމަ، އެ ފަރަގު ނުވަ ޕޮއިންޓަށް ފުޅާވެގެންދާނެތީ މިއީ ރެއާލަށް ކޮންމެހެން މޮޅުވާން މަޖުބޫރު މެޗެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯޓުއާ ބަލިވުމުގެ ސަބަބުން ސްކޮޑުން ވަކިވާން ޖެހިފައިވާ ކަމަށާއި، އޭނާގެ ބަދަލުގައި ޒުވާން ކީޕަރު އިލިއާ ވޮލޮޝިން ސްކޮޑުގައި ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން މިރޭގެ މެޗުގައި ރެއާލްގެ ގޯލު ބަލަހައްޓާނީ ދެވަނަ ކީޕަރު އަންދްރީ ލުނިންއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުއްލިގޮތަކަށް ރެއާލް މެޑްރިޑްގެ ކީޕަރު ބަލިވެ، މިރޭގެ މެޗުގެ ކުރިން އިތުރު ހާސްކަމެއްކުޅިވަރު | 35 މިނިޓު ކުރިންލައިޕްޒިގް ބަލިކޮށް ރެއާލް މެޑްރިޑުން ފުރިހަމަ ރެކޯޑު ދަމަހައްޓައިފިކުޅިވަރު | 4 ދުވަސް ކުރިންލަދުވެތި ބައްޔަކުން ބަލިވުމާއެކު ބާސާއިން ޕީއެސްޖީގެ ބެނާގެ މައްސަލަ ހިފައިގެން ޔުއޭފާއަށްކުޅިވަރު | 5 ދުވަސް ކުރިންހަވަނަ ޗެންޕިއަންސް ލީގު ތަށި ހޯދުމަށް ނިކުތް ބާސެލޯނާގެ ޓީމަށް ރަނގަޅު ފިލާވަޅެއްދީ ފޮށި ތަންމައްޗާއެކު އަނބުރާ ފޮނުވާލައިފިކުޅިވަރު | 5 ދުވަސް ކުރިން