logo
MPL

MPL

ކުޅިވަރު

ހަވަނަ ޗެންޕިއަންސް ލީގު ތަށި ހޯދުމަށް ނިކުތް ބާސެލޯނާގެ ޓީމަށް ރަނގަޅު ފިލާވަޅެއްދީ ފޮށި ތަންމައްޗާއެކު އަނބުރާ ފޮނުވާލައިފި

އަބްދުﷲ ޣާނިމް
20 އޮކްޓޯބަރު 2026 - 21:58
ހަވަނަ ޗެންޕިއަންސް ލީގު ތަށި ހޯދުމަށް ނިކުތް ބާސެލޯނާގެ ޓީމަށް ރަނގަޅު ފިލާވަޅެއްދީ ފޮށި ތަންމައްޗާއެކު އަނބުރާ ފޮނުވާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ 6 ވަނަ ތަށި ހޯދުމަށް ފައިވިއްދާފައި މި ސީޒަނުގައި ނިކުތް ބާސެލޯނާއަށް، އެންމެ ފަހުގެ ދެ އަހަރުގެ ޗެންޕިއަނުން ވަރުގަދަ ފިލާވަޅެއް ދީފައި ފޮށި ތަންމައްޗާއެކު އަނބުރާ ރަށަށް ފޮނުވާލައިފިއެވެ. އެގޮތުން ރޭ ކުޅުނު ފޯރިގަދަ މެޗުގެ ފަހު 10 މިނެޓުގައި ކާމިޔާބުކުރި ދެ ލަނޑާއެކު 4-2 އިން ބާސެލޯނާ ބަލިކޮށް، މި ސީޒަނުގައި އެ ޓީމުން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ނިމުމެއް ގެނެސްފިއެވެ. މިއީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން 11 މެޗުން މޮޅުވެ، 50 ލަނޑު ޖަހާފައިވާ ހަންސީ ފްލިކްގެ ބާސެލޯނާ މި ސީޒަނުގައި ބަލިވި ފުރަތަމަ ފަހަރެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިއިރު، 38 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑެސިރޭ ޑުއޭއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 55 ވަނަ މިނެޓުގައި ޒަވީ އެސްޕާޓް ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން ކޯނަރަކުން ލޫކަސް ހެނާންޑޭޒް ޕީއެސްޖީއަށް އަލުން ކުރިހޯދައިދިން ނަމަވެސް، މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް ޒުވާން ތަރި ލަމީން ޔަމާލް ވަނީ ހިތްގައިމު ލަނޑަކުން އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެސްޖީ މޮޅުވީ މެޗުގެ ފަހުވަގުތު ދެއްކި މޮޅު ކުޅުމުންނެވެ. އެގޮތުން 81 ވަނަ މިނެޓުގައި ވިޓީނިއާ ފޮނުވާލި ބާރު ހަމަލާއިން އަނެއްކާވެސް ލީޑު ނެގިއިރު، 86 ވަނަ މިނެޓުގައި ފަބިއަން ރުއީޒް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައި މޮޅު ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅޭ ޕީއެސްޖީން ވަނީ ޗެމްޕިއަންސް ލީގުގައި ބަލިނުވެ 13 މެޗު ހަމަކޮށް، އެ ކްލަބުގެ ތާރީޚުގައި ބަލިނުވެ ދެމެހެއްޓި އެންމެ ދިގު ރެކޯޑާ ހަމަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަވަނަ ޗެންޕިއަންސް ލީގު ތަށި ހޯދުމަށް ނިކުތް ބާސެލޯނާގެ ޓީމަށް ރަނގަޅު ފިލާވަޅެއްދީ ފޮށި ތަންމައްޗާއެކު އަނބުރާ ފޮނުވާލައިފިކުޅިވަރު | ގަޑިއިރެއް ކުރިންއަނެއްކާވެސް ރެފްރީންގެ ސުވާލު އުފެދޭ ނިންމުންތަކާއެކު ބާސެލޯނާގެ ރެކޯޑް ދަމަހަށްޓައިފިކުޅިވަރު | 3 ދުވަސް ކުރިންސިޓީ ބަލިކޮށް ޕީއެސްޖީއިން ތެލުގެ ޑާބީ ކާމިޔާބުކޮށްފިކުޅިވަރު | 6 ދުވަސް ކުރިންޔަމާލްގެ މޮޅު ކުޅުމާއެކު ބާސެލޯނާއިން ފަހަތުން އަރައި ގަލަތަސަރާއި ބަލިކޮށްފިކުޅިވަރު | 7 ދުވަސް ކުރިން