ސިޓީ ބަލިކޮށް ޕީއެސްޖީއިން ތެލުގެ ޑާބީ ކާމިޔާބުކޮށްފި
14 އޮކްޓޯބަރު 2026 - 21:41

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗު 4-2 އިން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުހިންމު މޮޅެއް ހޯދައިފިއެވެ. ތެލުގެ މުއްސަނދިކަން އޮތް ދެ ކްލަބުގެ ކުރިމަތިލުމަކަށް ވުމުން އާންމުކޮށް "އޮއިލް ޑާބީ"ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ކުރިމަތިލުން ބަލަން ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ދަނޑުގައި އިނެވެ.
މެޗުގެ ފުރަތަމަ 32 މިނެޓުގެ ތެރޭގައި ޕީއެސްޖީން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައި ސިޓީ ހައިރާންކޮށްލައިފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޑެސިރޭ ޑުއޭ، އޮސްމާން ޑެމްބެލޭ އަދި ވިޓީނިއާއެވެ. 2015 ގެ ފަހުން އަމިއްލަ ދަނޑުގައި ސިޓީ ކޮޅަށް ފުރަތަމަ ހާފުގައި ތިން ލަނޑު ވަން ފުރަތަމަ ފަހަރަކީ މިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ދެވަނަ ހާފުގައި ސިޓީން ވަރުގަދަ ކުޅުމެއް ދައްކައި، އާލިން ހާލަންޑް ޖެހި ދެ ލަނޑުން މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މި ލަނޑުތަކާއެކު ހާލަންޑް ވަނީ ސާޖިއޯ އަގުއޭރޯ ފަހަތަށް ޖައްސާލައި، ސިޓީގެ ތާރީޚުގައި ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދައިފައެވެ. ނަމަވެސް ސިޓީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ ހެދި ގޯހެއްގެ ފައިދާ ނަގައި މެގްނަސް އަކްލިއުޝް ޕީއެސްޖީއަށް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ.
މެޗުގެ ފަހުކޮޅު ޕީއެސްޖީގެ ފެރާން ޓޮރެސް ފޮނުވާލި ޕެނަލްޓީ ޑޮނަރުއްމާ ދިފާއުކުރި ނަމަވެސް، އިތުރު ލަނޑެއް ޖަހަން ސިޓީއަށް ވަގުތެއް ނުލިބުނެވެ.

-01.jpg&w=3840&q=75)
